ވިޔަފާރި
ބަނދަރަށް ކައިރިކޮށް މުދާ ބޭލުމަށް ނަގާ ފީ ޑޮލަރުން ދައްކަން އެމްޕީއެލް އިން އަންގައިފި
އެމްޕީއެލް އިން ބޯޓުފަހަރުން ނަގާ ސްޓީވްޑޯރިން ފީ ޑޮލަރުން ނަގަން ފަށައިފި އެވެ.

ސްޓީވްޑޯރިން ފީ އަކީ ޕޯޓުތަކުން ބޯޓުފަހަރުން، ކޮންޓެއިނާތައް އެރުވުމަށާއި ބޭލުމަށް ބޯޓުތަކުގެ އޭޖެންޓުންގެ އަތުން ނަގާ ފީ އެކެވެ.

އެމްޕީއެލް އިން ނެރުނު އިއުލާންގައިވާ ގޮތުން ރާއްޖެ އަންނަ ބޯޓު ފަހަރުން މުދާ އަރުވާ ބޭލުމަށް ސްޓީވްޑޯރިން ހިދުމަތަށް ފައިސާ ދެއްކުމަށް ގެނެވުނު ބަދަލު ހިދުމަތް ހޯދާ ޝިޕިން އެޖެންޓުގެ އަގު ދައްކަން ޖެހޭނީ ވެސް ޑޮލަރުންނެވެ. މި ހިދުމަތަކީ ކޮންޓެއިނާ އުފުލާ ކެރިއަރު ނުވަތަ ބޯޓު އޮޕަރޭޓް ކުރާ ފަރާތަށް ދެވޭ ހިދުމަތެކެވެ.

އެމްޕީއެލް އިން މީގެ 13 އަހަރު ކުރިން، 2011 ވަނަ އަހަރާ ހަމައަށް އެޖެންޓުންގެ އަތުން ފީ ނަގަމުން ދިޔައީ ޑޮލަރުންނެވެ. ނަމަވެސް އޭރުގައި ރާއްޖޭގައިވެސް ކޮންޓެއިނާ އުފުލާ އެޖެންޓުން ތިބުމާއެކު އެކަން ބަދަލު ވެގެން އައީ ސަރުކާރުގައި އެމީހުންގެ އެދުނު އެދުމުގެ މަތިންނެވެ.

ޑޮލަރުން ފީ ނަގަން މިހާރު ފެށިއިރު، 20 ފޫޓުގެ ކޮންޓެއިނަރަކަށް ޓެކްސް ނުލާ 195 ޑޮލަރު ނަގައެވެ. އަދި 40 ފޫޓުގެ ކޮންޓެއިނަރަކަށް ޓެކްސް ނުލާ 211 ޑޮލަރު ނަގާނެއެވެ.

ރާއްޖޭގައި ކޮންޓެއިންނާ އުފުލާ އުޅެނީ މައިގަނޑު ދެ ޝިޕް އޭޖެންޓުންނެވެ. އެއީ އެމްއެސްއެސް އާއި ލަންކާގެ ޓޯޓަލް ޓްރާންސްޕޯޓް ސޮލިއުޝަން (ޓީޓީއެސް) ކުންފުންޏެވެ.


ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު