ޚަބަރު
17 އަހަރުގެ ކުއްޖަކު ގެނބިގެން ނިޔާވެއްޖެ
ތ. ވިލުފުށި -- ފޮޓޯ/ ޕީއެސްއެމްނިއުސް
ތ. ވިލުފުށި ކައިރީ އޮންނަ ފަޅު ރަށަކަށް ދަތުރުގޮސް އުޅުނު ކުއްޖަކު މިއަދު ގެނބިގެން ނިޔާވެއްޖެއެވެ.

ފުލުހުން ބުނީ މި ހާދިސާގައި ނިޔާވެފައިވަނީ އުމުރުން 17 އަހަރުގެ ދިވެހި އަންހެން ކުއްޖެއް ކަމަށެވެ.

އެ ކުއްޖާ ވިލުފުށީ ހެލްތު ސެންޓަރަށް ގެންދިޔައިރު ވެސް ނިޔާވެފައިވާ ކަމަށް ހެލްތު ސެންޓަރާއި ހަވާލާދީ ފުލުހުން ބުނެ އެވެ.

މި މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ. 

މޫދަށް ގެނބިގެން ކުދިން ނިޔާވާ ހާދިސާތައް މަދުން ނަމަވެސް ދިމާވެއެވެ.


ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު