ޚަބަރު
ސަރުކާރަށް ބާރެއް ލިބިއްޖެނަމަ މުޅި ގާނޫނީ ނިޒާމު ފޫއަޅުވާލާނެ: ޑރ. ޖަމީލު
ޑރ.މުހައްމަދު ޖަމީލް އަހުމަދު
ބާރެއް ލިބިއްޖެނަމަ މުޅި ގާނޫނީ ނިޒާމު ފޫއަޅުވާލާނެ ކަމަށް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވެއްޖެ އެވެ.  

އެމަނިކުފާނު މިފަދައިން ވިދާޅުވީ ހޯމް މިނިސްޓަރު އަލީ އިހުސާން އަދި ފުލުހުންގެ ވެރިންތަކެއް ކްރިމިނަލް ކޯޓުގެ ހުރުމަތް ކެނޑި ކަމަށް ބުނާ މައްސަލައެއް ކްރިމިނަލް ކޯޓުން ނިންމުމާ ގުޅިގެންނެވެ.

ޖަމީލު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މި ސަރުކާރު ޖަވާބުދާރީ ކުރަންޖެހޭ ކަމަށާއި ސަރުކާރަށް މަޖިލިސް ލިބިއްޖެނަމަ ކޯޓުތަކާއި މިނިވަން ހުރިހާ މުއަައްސަސާތަކެއް ވެސް ފުނޑިގެންދާނެކަން މިކަމުން ވެސް ސާބިތުވާ ކަމަށެވެ.

ކްރިމިނަލް ކޯޓުން މިއަދު ބުނީ މިނިސްޓަރު އިހުސާނާއި ޑްރަގް އެންފޯސްމަންޓް ޑިޕާޓްމެންޓްގެ ހެޑް އަހުމަދު ޝާކިރާއި ޗީފް އިންސްޕެކްޓަރު އަހުމަދު ވަހީދާއި ސަބް އިންސްޕެކްޓާ އޮފް ޕޮލިސް މަމްދޫހު ހަސަން ފަނޑިޔާރުންނަށް ނުފޫޒު ފޯރުވައި އަދި ފަނޑިޔާރުންގެ ސަލާމަތާއި ރައްކާތެރިކަން ގެއްލޭ ގޮތަށް އަދި ކޯޓުގެ ހުރުމަތް ކެނޑި މައްސަލައާ ގުޅިގެން ފަނޑިޔާރުންގެ މަޖިލީހުގެ ކުއްލި ބައްދަލުވުމެއް އަންނަ ބުދަ ދުވަހަށް ތާވަލް ކޮށްފައިވާ ކަމަށެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު