ޚަބަރު
ހޯރަފުށީ މަގުތައް ތަރައްގީކުރުމުގެ މަޝްރޫއުގެ ދެވަނަ ފިޔަވަހީގެ މަސައްކަތް ފަށައިފި
ހޯރަފުށި މަގުތައް ތަރައްގީ ކުރުމުގެ އަމަލީ މަސައްކަތް ފެށުން --- ފޮޓޯ/އިކޮނޮމިކް މިނިސްޓްރީ
ހއ. ހޯރަފުށީގެ މަގުތައް ތަރައްގީކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށް، އެ މަޝްރޫއުގެ އަމަލީ މަސައްކަތް ފަށައިފި އެވެ.

މި އެއްބަސްވުމުގައި ކޮންސްޓަރަކްޝަން މިނިސްޓްރީ ފަރާތުން ސޮއިކުރައްވާފައިވަނީ މިނިސްޓާ އޮފް ސްޓޭޓް އިސްމާއީލް ހަމީދެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ސީއީއޯ އަބްދުﷲ ޒިޔާދެވެ.

މި މަޝްރޫއުގެ ދެވަނަ ފިޔަވަހީގެ އަމަލީ މަސައްކަތް ފައްޓައިވައިދެއްވީ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދެވެ.

ހޯރަފުށީ މަގުތަކުގައި ތާރުއެޅުމުގެ މަޝްރޫއުގެ ދެވަނަ ފިޔަވަހީގައި ރަށުގެ 3 ކިލޯމިޓަރު މަގުގައި ތާރު އަޅާ ޒަމާނީ ފެންވަރަށް ތަރައްޤީކުރާނެއެވެ. މި މަސައްކަތުގެ ދަށުން މަގުގައި ފެން ހިންދާ ނިޒާމު ގާއިމުކޮށް މަގުބައްތި ޖަހާ މަގުތަކުގައި ޓްރެފިކް ނިޝާންތައް ކުރެހުން ހިމެނެއެވެ. 

މި މަޝްރޫއުގެ ގެ އަގަކީ 25 މިލިއަން ރުފިޔާ އެވެ.

ހޯރަފުށީ މަގުތައް ތަރައްގީ ކުރުމުގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތް ވެސް ކުރިއަށް ގެންދިޔައީ އެމްޓީސީސީއާއި ހަވާލު ކޮށްގެނެވެ. ފުރަތަމަ ފިޔަވަހީގައި 5.3 ކިލޯ މީޓަރުގައި ތާރު އަޅާފައި ވާއިރު އެއީ ރަށުގެ 11 މަގެވެ.

އެ ރަށުގެ މަސައްކަތުގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތަށް 71 މިލިއަނަށްވުރެ ގިނަ ރުފިޔާ ހޭދަ ކޮށްފައި އެވެ. 


ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު