
އެ ކޮމިޝަނު ބުނީ ކެމްޕޭން ކުރެވޭނީ މިއަދު ހަވީރު 6:00 އާ ހަމައަށެވެ. އޭގެ ފަހުން ކެމްޕޭންގެ އެއްވެސް ހަރަކާތެއް ބޭއްވުން މަނާވާނެ އެވެ. އޭގެ ތެރޭގައި އާންމު ތަންތަނާއި ޖަގަހަތަކާއި ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގައި ވެސް ކެންޑިޑޭޓުންގެ ކެމްޕޭން އެއްވެސް ހަރަކާތެއް ކުރިއަށް ގެންދިއުން މަނާވާނެ އެވެ.ހަވީރު 6:00 އާ ހަމައަށް ކެމްޕޭން ހަރަކާތްތައް ހުއްޓައިލުމަށް ފަހު، އިންތިހާބު ބާއްވާ ދުވަހުގެ ފަހު ދުވަހު ހެނދުނު 6:00 އާ ހަމައަށް ކެމްޕޭން އެއްވެސް ހަރަކާތެއް ނުހިންގޭނެ އެވެ.