ޚަބަރު
ފަލަސްތީނާ ގުޅުވައި ނަމެއް ދޭންވާނީ އެކަށީގެންވާ ބޮޑު މަގަކަށް: މައުމޫން
ކުރީގެ ރައީސް މައުމޫން އަބްދުއްގައްޔޫމް
މާލޭގެ މަގަކަށް ފަލަސްތީނުގެ ނަން ދިނުމަކީ ފެނި ވަޑައިގަންނަވާ ކަމެއް ކަމަށާއި ނަމަވެސް، އެ ނަން ދޭން ވާނީ ބޮޑު މަގަކަށް ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުއްގައްޔޫމް ވިދާޅުވެއްޖެ އެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މައުމޫން ވިދާޅުވީ ފަލަސްތީނާ ގުޅުވައިގެން މާލޭގެ މަގަކަށް ނަން ކިޔުމަކީ ވަރަށް ފެންނަ ކަމެއް ކަމަށާއި އަދި އެ ނަން ކިޔަން ވާނީ އެކަށީގެންވާ ބޮޑު މަގަކަށް ކަމަށެވެ.

މައުމޫން މިފަދައިން ވިދާޅުވެފައި ވަނީ މާލޭގައި ނަން ނުދީ އޮތް ދެ މަގެއްގެ ތެރެއިން މަގަކަށް ފަލަސްތީނާ ގުޅުވާ "ފަލަސްތީނު މަގު" ކިޔައި ނަމެއް ދޭން އިއްޔެ މާލޭ ސިޓީ ކައުންސިލުން ފާސްކޮށްފައި ވަނިކޮށެވެ. 

މައުމޫން މިހެން ވިދާޅުވީއިރު އިއްޔެ މާލެ ސިޓީ ކައުންސިލްގެ ޖަލްސާ ގައި އިޒްރޭލުން ފަލަސްތީނަށް ދެމުންދާ ހަމަލާތަކާ ގުޅިގެން ފަލަސްތީނަށް އޮތް ތާއީދު ހާމަކޮށް ދިނުމަށްޓަކައި މާލޭގެ ބޮޑު މަގަކަށް ފަލަސްތީނުގެ ނަމާ ގުޅުވައިގެން ނަން ދިނުމަށް މާލެ ސިޓީ ކައުންސިލްގެ މޭޔަރ އިއްޔެގެ ޖަލްސާގައި ވަނީ މަސްވަރާ ކުރެވިފައެވެ.

ޖަލްސާގައި ބައިވެރިވެ ވަޑައިގަތް ގިނަ މެމްބަރުން އާޒިމް އެ ހުށަހެޅުއްވުމަށް ތާއީދު ކުރެއްވި އެވެ. ނަމަވެސް އެ ނަން ދޭނީ ކޮން މަގަކަށް ކަން އަދި އޭގެ ތަފްސީލެއް އަދި ހާމައެއް ނުކުރެ އެވެ. 

އެއާއެކު މޭޔަރު ވިދާޅުވީ، ނަން ކިޔާނީ ކޮން މަގަކަށްތޯ ނިންމުމަށްފަހު ހާމަކުރާނެ ކަމަށެވެ. އަދި މަގަށް ނަންދީ، މަގު ހުޅުވާނީ ރަސްމިއްޔާތަކާއެކު ކަމަށް ވެސް މޭޔަރު ވިދާޅުވި އެވެ. 
 

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު