ވިޔަފާރި
އުރީދޫން މާޒިއާގެ ޕާޓްނަޝިޕް އާކޮށްފި
އުރީދޫ މޯލްޑިވްސް އިން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބްގެ ބްރޭންޑް އެމްބެސެޑަރުކަން ފަސް ވަނަ އަހަރަށް އާކޮށްފި އެވެ.

މި ޕާޓްނަޝިޕްގެ ދަށުން އެ ކުންފުންޏާއި މާޒިޔާ ގުޅިގެން ރާއްޖޭގެ ހުރިހާ ހިސާބެއްގައި ފުޓުބޯޅަ ކުރިއެރުވުމަށާޢި، ޒުވާނުންގެ ބައިވެރިވުން އިތުރުކޮށް، ހުނަރު ބިނާކުރުމަށް އަދި ފުޓުބޯޅައިގެ ފޯރި ދިރުވައި އާލާކުރުމަށް ގިނަ ހަރަކާތްތަކެއް ހިންގާނެ އެވެ.

މާޒިޔާ އަކީ މިހާތަނަށް ކުޅިވަރުގައި ބޮޑެތި ކާމިޔާބީތަކެއް ހޯދާފައިވާ ކުލަބެކެވެ. އެގޮތުން 1996 ގައި އުފެދުނު ކުލަބުން ދިވެހި ޕްރިމިއާ ލީގު (2016), (2019-2020) އަދި (2020-2021) ގެ ސީޒަން ކާމިޔާބު ވެސް ކޮށްފައިވެ އެވެ. މީގެ އިތުރުން 2015 ގައި ޕްރެޒިޑެންޓްސް ކަޕްގެ ޗެމްޕިއަންކަން ވެސް ހޯދާފައިވެ އެވެ.

ދެހާސް ފަނަރައި އިިން ފެށިގެން އެ ކްލަބުން އަންނަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޒުވާން ފުޓްބޯޅަ ކުޅުންތެރިން ތަމްރީނުކޮށް ބިނާކުރުމަށް މާޒިޔާ ސްޕޯޓްސް ފުޓްބޯލް އެކަޑަމީއެއް ވެސް ހިންގަމުންނެވެ.

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި ފުޓްބޯޅަ ކުޅުންތެރިންނަށް ޕްރޮފެޝަނަލް ކުޅުންތެރިންގެ އިތުރުން ޒުވާނުންގެ އެންގޭޖްމަންޓް ޕްރޮގްރާމްތަކުގެ ހުނަރު ބިނާކުރުމަށް މަގުފަހިކޮށް ދިނުމުގައި އުރީދޫ ވަނީ ގިނަ ކަންތައްތަކެއް ކޮށްފަ އެވެ.

އެ ގޮތުން ރާއްޖޭގައި ބޭއްވުނު ދެކުނު އޭޝިއާ ސަރަހައްދުގެ ގައުމީ ފުޓްބޯޅަ ޓީމުތައް ވާދަކުރާ އެންމެ ވަރުގަދަ ފުޓްބޯޅަ މުބާރާތް ކަމަށްވާ ސާފް ޗެމްޕިއަންޝިޕްގެ 13 ވަނަ އެޑިޝަންގެ ފަހުރުވެރި ޓައިޓަލް ސްޕޮންސަރަކީވެސް އުރީދޫ މޯލްޑިވްސް އެވެ. 


ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު