ޚަބަރު
ރާއްޖެއާއެކު މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް ހަދަން އުޅޭ ވާހަކަ އިންޑިއާއިން ދޮގުކޮށްފި
އިންޑިއާއިން ރާއްޖެއާއެކު ފްރީ ޓްރޭޑް އެގްރިމެންޓް (އެފްޓީއޭ)އެއް ހަދަން ހުށަހަޅާފައިވާ ކަމަށް އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސައީދު ވިދާޅުވި ވިދާޅުވުން އެ ގައުމުން ދޮގުކޮށްފިއެވެ.

އިކޮނޮމިކް މިނިސްޓްރީގެ ފަރާތުން މެއި 25 ވަނަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިކޮނިމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެފައިވަނީ ރާއްޖެ އާއި އިންޑިއާއާ ދެމެދުގައި މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް ގާއިމު ކުރުމަށް އިސްވެ ހުށަހެޅީ އިންޑިއާއިން ކަމަށެވެ. އެހެންނަމަވެސް އިންޑިއާއިން މިވަނީ އެވާހަކަ ދޮގުކޮށްފައެވެ.

އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ސުވާލަކަށް ޖަވާބުުދެއްވަމުން އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީގެ ސްޕޯކްސްޕާސަން ރަންދިރް ޖައިސްވާލް ވިދާޅުވީ ރާއްޖެއިން އެފަދަ އެއްވެސް ހުށަހެޅުމެއް ހުށަހަޅާފައި ނުވާ ކަމަށާއި އެފަދަ ކަމެއް ހުށަހަޅައިފިނަމަ އެކަމާ ވިސްނާފައި ގޮތެއް ނިންމާނެ ކަމަށެވެ

ރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގައި ރާއްޖެއިން ވަނީ ޗައިނާއާއެކު ފްރީ ޓްރޭޑް އެގްރިމެންޓެއް ހަދައިފައެވެ. ނަމަވެސް ނިމިދިޔަ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ސަރުކާރުގައި އެ އެއްބަސްވުމަށް ފާޑުކިޔައި، އެއްބަސްވުން އޮތް ގޮތުން އަމަލު ނުކުރާނެ ކަމަށް ބުންޏެވެ.

ނަމަވެސް ރައީސް ޔާމީންގެ ވެރިކަމުގައި ހައުސިން މިނިސްޓަރުކަން ކުރެއްވި ރައީސް ޑރ. މުޙައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތުމަށް ފަހު، އެއްބަސްވުމަކީ ދެ ގައުމުގެ ގާތް ގުޅުމުގެ ރަމްޒެއް ކަމަށާއި އެއަށް އަމަލުކުރަން ތައްޔާރަށް ހުންނެވި ކަމަށް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު