ފުރަތަމަ ސަފުހާ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ވިޔަފާރި
ފުޑް ސޭފްޓީ އެންޑް ކޮލިޓީ ބޯޑުގެ މެންބަރުކަމަށް ހުޅުވާލައިފި
މަރިޔަމް އަނާ
30 ސެޕްޓެމްބަރ 2024 - 12:20
0
comments
Tweet
Telegram
ނޭޝަނަލް ފުޑް ސޭފްޓީ އެންޑް ކޮލިޓީ ބޯޑުގެ މެންބަރުކަމަށް ނަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފި އެވެ.
10 މެމްބަރުންގެ މައްޗަށް އެކުލެވޭ މި ބޯޑުގެ މެންބަރެއްގެ ދައުރަކީ 5 އަހަރެވެ.
ހެލްތު މިނިސްޓްރީން ކުރި އިއުލާނުގައި ވަނީ ކާބޯތަކެތީގެ ރައްކާތެރިކަމުގެ ގާނޫނުގެ ދަށުން، ތިން ދާއިރާއަކުން ކުރިމަތިލާން އަންނަ މަހުގެ 10 ވަނަ ދުވަހާ ހަމައަށް މުއްދަތު ދީފަ އެވެ. އެ ދާއިރާތަކަކީ؛
- ފުޑް ސައިންސް މާހިރެއް
- ހިދުމަތް ލިބިގަންނަ ފަރާތްތައް ތަމްސީލުކުރާ ފަރާތެއް
- ކާބޯތަކެތީގެ ހިދުމަތްދޭ ތަންތަން ތަމްސީލުކުރާ ފަރާތެއް ފަސް އަހަރުގެ ދައުރަކަށް، ދިހަ މެމްބަރުން އެކުލެވޭ ބޯޑުގެ ބާކީ ދާއިރާތަކަށް މެމްބަރުން ހޮވާނީ އެ އިދާރާއަކުންނެވެ.
ފުޑް ސޭފްޓީ ބޯޑުގެ މަސްއޫލިއްޔަތަކީ ކާބޯތަކެތީގެ ފެންވަރާއި ސިއްހީ ރައްކާތެރިކަން ކަށަވަރުކުރުމާ ގުޅޭގޮތުން އަދި ކާބޯތަކެއްޗަކީ ސިއްހަތަށް ފައިދާހުރި ތަކެތިކަން ކަށަވަރުކުރަން އެމްއެފްޑީއޭއަށް ލަފައާ އިރުޝާދާއި ފަންނީ އެހީތެރިކަން ފޯރުކޮށްދިނުމެވެ. އޭގެ އިތުރުން ގާނޫނު ތަންފީޒުކުރުމުގައި ދިމާވާ ގޮންޖެހުންތަކަށް ހައްލު ހޯދުމުގައި އޮތޯރިޓީއަށް ލަފާދިނުމަކީ ވެސް ޒިންމާއެކެވެ.
އެ ބޯޑުގައި ދެން ހިމެނެނީ؛
- އެމްއެފްޑީއޭގެ ޑިރެކްޓާ ޖެނެރަލް
- ހެލްތު މިނިސްޓްރީގެ މުވައްޒަފުންގެ ތެރެއިން މިނިސްޓަރު ކަނޑައަޅުއްވާ މީހެއް
- ކާބޯތަކެތީގެ ސަލާމަތާއި ރައްކާތެރިކަމާ ގުޅޭ ކަންކަމުގައި މަސައްކަތްކުރާ އޮތޯރިޓީގެ ކަމާބެހޭ ބައިގެ ވެރިޔާ
- ކާބޯތަކެތީގެ ޒަރިއްޔާއިން ޖެހޭ ބަލިތައް ދެނެގަންނަން އެޗްޕީއޭގައި މަސައްކަތްކުރާ ފަންނީ މީހުންގެ ތެރެއިން އެ އެޖެންސީން ކަނޑައަޅާ އިސް މުވައްޒަފެއް
- އިގުތިސޯދީ ސިޔާސަތުތައް ކަނޑައެޅުމުގެ މަސްއޫލިއްޔަތު އަދާކުރާ މިނިސްޓްރީގެ ތެރެއިން، އެ ތަނުގެ މިނިސްޓަރު ކަނޑައަޅުއްވާ އިސް މުވައްޒަފު
- މަސްވެރިކަމުގެ ސިޔާސަތުތައް ކަނޑައެޅުމުގެ މަސްއޫލިއްޔަތު އަދާކުރާ މިނިސްޓްރީގެ ތެރެއިން، އެ ތަނުގެ މިނިސްޓަރު ކަނޑައަޅުއްވާ އިސް މުވައްޒަފު
- ދަނޑުވެރިކަމުގެ ސިޔާސަތުތައް ކަނޑައެޅުމުގެ މަސްއޫލިއްޔަތު އަދާކުރާ މިނިސްޓްރީގެ ތެރެއިން، އެ ތަނުގެ މިނިސްޓަރު ކަނޑައަޅުއްވާ އިސް މުވައްޒަފު. އެގޮތަށް ކަނޑައަޅާއިރު ޖަނަވާރުގެ ޒަރިއްޔާއިން އިންސާނުންނަށް ޖެހޭ ބަލިތަކާއި ގަހަށް ޖެހޭ ބަލިތައް ދެނެގަތުމުގައި މަސައްކަތްކުރާ ފަންނީ މުވައްޒަފުންނަށް އިސްކަންދޭން ޖެހޭ.
ހެލްތް މިނިސްޓްރީން ބުނީ މި މަގާމަށް އެދި ހުށަހަޅަންޖެހޭ ލިޔެކިޔުންތަކާއެކު ފެށޭ މަހުގެ 10ވަނަ ދުވަހުގެ 13:00ގެ ކުރިން
legal@health.gov.m
v އަށް މެއިލް ކުރަން ކުރަންޖެހޭނެ ކަމަށެވެ.
ސާފުތާހިރުކަމެއް ނެތި ކާބޯތަކެތި ހަދައި ވިއްކުމަކީ ރާއްޖޭގައި ވަރަށް އާއްމު ކަމެކެވެ. އެފަދަ އެތައް ކަމެއް މި ފަހުން ވަނީ ފަޅާ އަރައިފައެވެ. އެކަން އެހެން ބޮޑަށް ދިމާވާ ސަބަބަކީ ކާބޯތަކެތީގެ ހިދުމަތް ދިނުމުގެ ވިޔަފާރި ބިދޭސީން ކޮންޓްރޯލް ކުރަން ފެށުމެވެ.
ސާފުތާހިރުކަން ދަށްކޮށް ކާބޯތަކެތި ވިއްކުން ނުހުއްޓުވޭ މައްސަލާގައި އެމްއެފްޑީއޭއަށް ވަނީ ފާޑުކިޔުން އަމާޒުވެފައެވެ. އެމްއެފްޑީއޭއަށް ގާނޫނީ ބާރުތަކެއް މި ފަހުން ލިބިފައިވާއިރު ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރާނެ ކަމަށް އެ އޮތޯރިޓީއިން ބުނެ އެވެ.
Tweet
Telegram
ގުޅުންހުރި ލިޔުންތައް
1 މަސް ކުރިން
0
ސިއްހީ ދާއިރާއިން 67 އިންސައްތަ ހާސިލްކުރެވިއްޖެ: ގީލާ
2 މަސް ކުރިން
0
މިއަހަރު އިތުރަށް މުވައްޒަފުން ނަގާނީ ސިއްހީ ދާއިރާއިން އެކަނި: ރައީސް
3 މަސް ކުރިން
0
ޑޮކްޓަރުންގެ ތެރެއިން 60 އިންސައްތައަކީ ބިދޭސީން: ގީލާ
3 މަސް ކުރިން
0
ހޭނައްތާ ޑޮކްޓަރުންގެ ކޮންގްރެސް ފުރަތަމަ ފަހަރަށް ރާއްޖޭގައި ބާއްވަނީ
ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
ފޮނުވާ
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު
އުއްތަމަ ފަނޑިޔާރުގެ މުސާރައާއި އިނާޔަތް ވެސް 95125ރ.އަށް ބޮޑުކުރަން ފާސްކޮށްފި
7 މިނެޓް ކުރިން
0
ގާނޫނުލްއުގޫބާތުގެ އިސްލާހަކީ ވެރިން ކުށްވެރިކުރުވާ ހީލަތްތެރި ރޭވުމެއް: ޝަމީމް
12 މިނެޓް ކުރިން
0
15 މެގަވޮޓްގެ ސޯލާ މަޝްރޫއުގައި ސޮއިކޮށްފި
22 މިނެޓް ކުރިން
0
މޯލްޑިވިއަންގެ އޮފީހެއް ބެއިޖިންގައި ހުޅުވައި، ރޯޑްޝޯއެއް ބާއްވައިފި
25 މިނެޓް ކުރިން
0