ޚަބަރު
ޑިއުޓީ ބޮޑުކުރުމުން ސިނގިރޭޓް ފޮއްޓެއްގެ އަގު 200ރ. އަށް
ސިނގިރޭޓުގެ ޑިއުޓީ ބޮޑު ކުރުމާއެކު ވަކިން ފޮއްޓެއް ވިއްކާ އަގު ދެ ގުނަ ބޮޑުވެ، ފޮޓެއްގެ އަގު 200ރ. އަށްވުރެ މަތިވާނެ ކަމަށް ބެލެވިއްޖެ އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު ސޯޝަލް މީޑިއާގައި މިއަދު ކުރެއްވި ޕޯސްޓުގައި ވަނީ ދުންފަތުގެ ބާވަތްތަކުން ނަގާ އިމްޕޯޓް ޑިއުޓީ އަންނަ މަހުން ފެށިގެން 3ރ. ރުފިޔާ އިން 8ރ. އަށް ބޮޑުކުރަން މި ހަފުތާގައި ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާނެކަން އިއުލާން ކުރައްވައިފަ އެވެ.

ވަކިވަކި ސިނގިރޭޓުން ނަގާ އިމްޕޯޓު ޑިއުޓީގެ އިތުރުން ދުންފަތުގެ ބާވަތްތަކުން ނަގާ އިމްޕޯޓު ޑިއުޓީގައި ހިމެނޭ އެޑް ވެލޮރަމް ރޭޓް ވެސް 50 ޕަސެންޓުން 100 ޕަސެންޓަށް ވަނީ މަތިކޮށްފަ އެވެ.

މި ނިންމުމާއެކު މިހާރު ވަކިން ފޮއްޓެއް 105ރ. އާއި 110ރ. އާ ދެމެދު ހުރި ސިނގިރޭޓް ފޮއްޓަކަށް އިތުރު 100ރ. އިތުރުވާނެ އެވެ. މި ބަދަލާއެކު ވަކިން ފޮއްޓެއް ވިއްކާ އަގު 200ރ. އަށްވުރެ މަތިވެގެންދާނެ ކަމަށް އަންދާޒާ ކުރެވެ އެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު