ޚަބަރު
މަސްތުވާތަކެއްޗާއެކު ޖަލު އޮފިސަރަކު ހައްޔަރުކޮށްފި
މަސްތުވާތަކެއްޗާއެކު ކ. މާފުށީ ޖަލުގެ އޮފިސަރަކު ހައްޔަރުކޮށްފި އެވެ. 

ފުލުހުން ބުނީ އެމީހާ ހައްޔަރުކޮށްފައިވަނީ މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތުގެ ތެރެއިން ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ބުދަ ދުވަހުގެ ރޭ 21:12 ހާއިރު ކަމަށެވެ.

މަސްތުވާތަކެއްޗާއެކު ހައްޔަރުކޮށްފައިވަނީ އުމުރުން 32 އަހަރުގެ ދިވެހި ފިރިހެނެކެވެ. އެނގިފައިވާ ގޮތުގައި އެއީ މާފުށީ ޖަލުގެ އޮފިސަރެކެވެ.

އޭނާ ހައްޔަރުކުރީ މާފުށީ ޖަލު ކައިރިން ހުއްޓުވައި ބަލައި ފާސްކުރިއިރު، ބަރުދަނުގައި 38.4 ގުރާމުގެ މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ ތަކެތި ފެނުމާ ގުޅިގެންނެވެ. މިކަމާ އޭނަގެ ބަންދާ މެދު ގޮތެއް ނިންމުމަށް އިއްޔެ ކޯޓަށް ހާޒިރުކުރުމުން ބަންދަށް 10 ދުވަސް ޖަހާފައިވެ އެވެ. 

ފުލުހުން މި މައްސަލަ މިހާރު އަންނަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.


ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު