ޚަބަރު
ރަސްމީ ދަތުރުފުޅެއްގައި ފޮރިން މިނިސްޓަރު ލަންކާއަށް ވަޑައިގަންނަވަނީ
ފޮރިން މިނިސްޓަރު މުސާ ޒަމީރު
ރަސްމީ ދަތުރުފުޅެއްގައި ރާއްޖޭގެ ހާރިޖީ ވަޒީރު މޫސާ ޒަމީރު އަވަށްޓެރި ސްރީލަންކާއަށް ވަޑައިގަންނަވާ ގޮތަށް ހަމަޖެހިއްޖެ އެވެ. 

ފޮރިން މިނިސްޓްރީން ބުނީ، ޒަމީރުގެ މި ދަތުރުފުޅުގައި ބުރާސްފަތި ދުވަހުގެ ނިޔަލަށް އެ ލަންކާގައި މަޑުކުރައްވާނެ ކަމަށެވެ.

މި ދަތުރުފުޅަކީ ލަންކާގެ ޑިމޮކްރެޓިކް ސޯޝަލިސްޓް ރިޕަބްލިކްގެ ހާރިޖީ ވަޒީރު އެމްޔޫއެމް އަލީ ސަބްރީގެ ދައުވަތަކަށް ކުރައްވާ ދަތުރުފުޅެއް ކަމަށެވެ. 

އެ ދަތުރުފުޅުގައި ލަންކާގެ ރައީސް ރަނިލް ވިކްރަމަސިންހާ އާއި ބޮޑުވަޒީރު ދިނޭޝް ގުނަވަރްދަނާ އިޙްތިރާމްގެ ޒިޔާރަތް ކުރެއްވުމަށް ހަމަޖެހިފަ އެވެ. އަދި ދެގައިމުގައި ހުރި ގޮންޖެހުންތަކާއި ދެގައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމަށް ކުރެވިދާނެ ކަންތައްތަކާމެދު ލަންކާގެ ޚާރިޖީ ވަޒީރު އެމްޔޫއެމް އަލީ ސަބްރީއާ އެކު މަޝްވަރާކުރައްވާނެއެވެ. 

ރަސްމީ ވާހަކަތަކުގެ ތެރޭގައި ރާއްޖެއާއި ސްރީލަންކާއާ ދެމެދު އޮތް ޒަމާންވީ ގުޅުން ހަރުދަނާކުރުމުގެ މަޝްވަރާތައް ކުރިއަށްދާނެއެވެ. އަދި، މީގެ އިތުރުން ސްރީލަންކާގައި ދިރިއުޅޭ ދިވެހި ރައްޔިތުންނަށް ލުއިފަސޭހަ ގޮތްތައް ހޯދާ ދިނުމާ ގުޅޭގޮތުން މަޝްވަރާކުރުމަށް ވަނީ ހަމަޖެހިފަ އެވެ. 

މިނިސްޓަރު ޒަމީރުގެ އަރިހުގައި މިނިސްޓަރު އޮފް ސްޓޭޓް ފޯ ފޮރިން އެފެއާޒް ޝެރީނާ އަބްދުލް ސަމަދާއި، އެޑިޝަނަލް ސެކްރެޓަރީ ޝިރުޒިމަތު ސަމީރުގެ އިތުރުން ފޮރިން މިނިސްޓްރީގެ ޑިރެކްޓަރު ޖެނެރަލް އައިޝަތު ފަރީނާ ވެސް ބައިވެރިވެވަޑައިގަންނަވާނެ އެވެ.

ޒަމީރު ލަންކާއަށް ކުރައްވާ މި ދަތުރަކީ، ފޮރިން މިނިސްޓަރު ކަމުގެ މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު އެ ގައުމަށް ކުރައްވާ ފުރަތަމަ ރަސްމީ ދަތުރެވެ.


ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު