
ފުލުހުން މީޑިއާތަކާ ހިއްސާކުރި މެސެޖެއްގައި ވަނީ ލޯންޗުގެ ކެޕްޓަން ހައްޔަރުކޮށްފައިވާ ކަމަށާއި އެއީ ދިވެހި ފިރިހެނެއް ކަމަށެވެ. ނަމަވެސް އޭނާއާ ބެހޭ އިތުރު ތަފުސީލެއް ނުދެ އެވެ.ދަނގެތިން ވާހަކަ ދެއްކި މީހަކު ބުނީ ނިޔާވެފައި ވަނީ ބަންގްލަދޭޝްގެ މީހެއް ކަމަށެވެ. އޭނާ ބުނީ ބިދޭސީ މީހާ ގައިގައި ލޯންޗުން ޖެހުނު ހަބަރު ފުލުހުންނަށް ރިޕޯޓް ކޮށްފައި ވަނީ މިއަދު ހެނދުނު 7:55 ހާއިރު ކަމަށެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ލޯންޗު ދިޔައީ ބިދޭސީ މީހާ ގައި މަތިންނެވެ. އެ މީހާ ދަނގެތި ސިއްހީ މަރުކަޒަށް ގެންދިޔައިރު ވެސް އޮތީ މަރުވެފައި ކަމަށް ފުލުހުން ބުންޏެވެ.