ޚަބަރު
ބިދޭސީންގެ ފީގެ ގޮތުގައި ދައުލަތަށް ނުދައްކައި އޮތް ފައިސާ 1.7 ބިލިއަނަށް އަރާ
ބިދޭންސީން ތަކެއް މާލޭގައި ދިރިއުޅޭ ތަނެއްގެ އެތެރެ
ރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީންނާއި ގުޅިގެން ދައްކަންޖެހޭ ފީތަކާއި ޖޫރިމަނާތަކުގެ އަދަދު އެއްބިލިއަނަށްވުރެން ގިނަ ރުފިޔާއަށް އަރާ ކަމަށް މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީ އިން ބުނެފިއެވެ.

ހޯމް މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ބުނެފައިވަނީ، 10،619 ވަޒީފާދޭ ފަރާތުގެ ނަންމަތީގައި ރަޖިސްޓަރީ ކުރެވިފައިވާ 102،807 ބިދޭސީ މަސައްކަތްތެރިންގެ ފީ ދައުލަތަށް ލިބިފައި ނުވާކަން ފާހަގަކުރެވިފައިވާ ކަމަށެވެ.

މި މަސައްކަތްތެރިންގެ ފީގެ ގޮތުގައި ނުދައްކާވާ ފައިސާގެ ޖުމްލަ އަދަދަކީ 1،765،704،400 (އެއް ބިލިއަން ހަތްސަތޭކަ ފަސްދޮޅަސް ފަސް މިލިއަން ހަތްލައްކަ ހަތަރުހާސް ހަތަރުސަތޭކަ) ރުފިޔާ ކަމަށް ހޯމް މިނިސްޓްރީގެ އިއުލާނުގައި ބުންޏެވެ.

"އެހެންކަމުން 2024 ޖޫން 18 ވަނަ ދުވަހުގެ ކުރިން ވަޒީފާ އަދާކުރާ ބިދޭސީންނާއި ގުޅިގެން ވަޒީފާދޭ ފަރާތައް ގާނޫނުން ލާޒިމްކުރާ އެންމެހާ ފީތަކާއި ޖޫރިމަނާތައް ދައްކާ ހަލާސްކުރުމަށް އަންގަމެވެ،"

އަދި ބުނީ ޖޫން 18 ވަނަ ދުވަހުގެ ނިޔަލަށް ފީތަކާއި ޖޫރިމަނާތައް ނުދައްކާ މީހުން އާންމުކޮށް އިއުލާނު ކުރާނެ ކަމަށެވެ. މީގެ އިތުރުން އެކްސްޕެޓް ސިސްޓަމް މެދުވެރިކޮށް އެފަރާތްތައް ސަސްޕެންޑްކޮށް އައު ހުއްދަތައް ދޫކުރުން މެދުކަނޑާލާނެ ކަމަށް ކަމަށް ވެސް ބުންޏެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު