ޚަބަރު
ކ. މާފުށީގައި ޑޮލަރު އޭޓީއެމްގެ ހިދުމަތް ދޭން ފަށައިފި
މާފުށީގައި ޑޮލަރު އޭޓީއެމްއެއް ހުޅުވުން -- ފޮޓޯ: ބީއެމްއެލް
ރައީސް ޑރ މުހައްމަދު މުއިއްޒުގެ ގެ ރިޔާސީ ވަޢުދުފުޅާ އެއްގޮތަށް ކ. މާފުށީގައި ޑޮލަރު އޭޓީއެމްގެ ހިދުމަތް ދޭން ފަށައިފިއެވެ. މިއީ މާލެ ސިޓީ ފިޔަވައި އެހެން ރަށަކުން މި ހިދުމަތް ލިބެން ފެށި ފުރަތަމަ ފަހަރެވެ.

މާފުށީގައި ޑޮލަރު އޭޓީއެމްގެ ހިދުމަތް ދެއްވަން ފައްޓަވާނެކަން ރައީސް ޑރ.މުހައްމަދު މުއިއްޒު އިއުލާންކުރައްވާފައި ވަނީ، 19 އޮގަސްޓް 2023 ގައި، ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގެ ކެމްޕޭނުގައި، ކ.ގުރައިދޫގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ޑޮލަރުގެ މުއާމަލާތްތައް އެންމެ ފުޅާކޮށް ރާއްޖޭގައި ހިނގާ އެއްރަށަކީ މާފުށިކަން ފާހަގަކުރައްވައި އެރަށުގެ އިގުތިސާދު ކުރިއެރުވުމަށް މަގުފަހިކުރުމަށްޓަކައި އެންމެ ފުރަތަމަ މާލެއިން ބޭރުގައި ޑޮލަރު އޭޓީއެމް ބަހައްޓާނެ ރަށަކަށް މާފުށި ހައްދަވާނެކަމުގައި ރައީސް ވަނީ ވިދާޅުވެފަ އެވެ.

ރިޔާސީ ކެންޕެއިންގައި އެކަން އިއުލާނުކުރެއްވުމުގެ އިތުރުން، އޭގެ ފަހުން "ރައީސްގެ ޖަވާބު" ސިލްސިލާގައި، 15 ފެބްރުވަރީ 2024 ގައި، ‏ކ.މާފުށީ، ޖަންބުމާގޭ، އަހުމަދު ސަމީރު، ރައީސް ވައުދުވެ ވަޑައިގެންނެވި ގޮތަށް މާފުށީގައި ޑޮލަރު އޭޓީއެމްގެ ހިދުމަތް ފައްޓަވާނެ ތާރީހަކާ ބެހޭގޮތުން ދެންނެވި ސުވާލަށް ޖަވާބު ދެއްވަމުން، މިއަހަރު ވީހައިވެސް އަވަހަކަށް މާފުށީގައި ޑޮލަރު އޭޓީއެމްގެ ހިދުމަތް ފަށަން މަސައްކަތް ކުރައްވާކަމަށް ރައީސް ވަނީ ވިދާޅުވެފަ އެވެ.

ރާއްޖޭގެ އިގުތިސާދު ހަރުދަނާކުރައްވައި، ފައިސާގެ މުއާމަލާތްތައްކުރުމުގައި ރައްކައުތެރި، އިތުބާރުހުރި، އަދި ފަސޭހަކަން ބޮޑު ޒަމާނީ އުޞޫލުތައް ތައާރަފްކުރެއްވުމުގެ މަސައްކަތް ރައީސް ޑރ.މުޙައްމަދު މުއިއްޒުގެ ޒައާމަތުގައި ވަނީ ފައްޓަވައިފަ އެވެ. އަދި މި ވޭތުވި ހައެއްކަ މަސްދުވަހުގެ ތެރޭގައި ކާމިޔާބު މަސައްކަތްތަކެއް މިކަމުގައި ވަނީ ކުރައްވައިފަ އެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު