ވިޔަފާރި
އެސްޓީއޯގެ އަހަރީ އާންމު ޖަލްސާ ޖުލައި 12 ގައި
އެސްޓީއޯގެ 2023 ވަނަ އަހަރުގެ އަހަރީ އާންމު ޖަލްސާ އަންނަ ޖުލައި 12، ވާ ހުކުރު ދުވަހު ބޭއްވުމަށް ނިންމައި ހިއްސާދާރުންނަށް ނޯޓިސް ފޮނުވައިފި އެވެ.

އެސްޓީއޯއިން ބުނީ އަހަރީ އާންމު ޖަލްސާ އޮންނާނީ ހުޅުލެ ނީރި ލައުންޖުގައި ކަމަށެވެ. އެ ޖަލްސާގައި ހިއްސާދާރުންނަށް ތިން ގޮތަކަށް ބައިވެރިވެވޭނެ އެވެ. އެއީ ޖަލްސާއަށް ހާޒިރުވާ ގޮތަށް ނުވަތަ ޕްރޮކްސީ މެދުވެރިކޮށް ނުވަތަ މައިކްރޮސޮފްޓް ލައިވް އިވެންޓް މެދުވެރިކޮށް އޮންލައިންކޮށެވެ. ޖަލްސާގައި އެސްޓީއޯގެ ޕޯޓަލް މެދުވެރިކޮށް ރަޖިސްޓްރީ ވެވޭނެ އެވެ. އަދި ލިންކް މެދުވެރިކޮށް ޖަލްސާއާ ބެހޭ އިތުރު މައުލޫމާތު ލިބޭނެ ކަމަށް އެސްޓީއޯއިން ބުންޏެވެ.

އެ ޖަލްސާގައި ބައިވެރިވެވޭނީ އިއްޔެގެ ނިޔަލަށް ކުންފުނީގެ ހިއްސާދާރުންގެ ދަފުތަރުގައި ހިމެނޭ ފަރާތްތަކަށެވެ.

އަހަރީ އާންމު ޖަލްސާގައި މިދިޔަ އަހަރު އެސްޓީއޯގެ ޕާފޯމަންސް ރިޕޯޓު ހުށަހެޅުމާއި، ހިއްސާދާރުން ހުށަހަޅާފައިވާ ސުވާލުތަކަށް ޖަވާބު ދިނުމުގެ އިތުރުން ޖަލްސާގައި ފާސްކުރުމަށް ހުށަހަޅާ އައިޓަމްތަކަށް ވޯޓަށް އަހާނެ އެވެ.


ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު