ވިޔަފާރި
މަސްވެރިންނަށް ދައްކަންޖެހޭ ފައިސާ މާދަމާ ދޫކުރަނީ
މަސްވެރިންނަށް މިހާތަނަށް ނުދެވި ބާކީ ހުރި ފައިސާ މާދަމާ ދައްކައި ހަލާސް ކުރާނެ ކަމަށް ސަރުކާރުގެ މަސް ކުންފުނި މިފްކޯ އިން ބުނެފި އެވެ.

އެ ކުންފުނިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ މަސްވެރިން ކިރުވާފައިވާ މަހަށް މިހާތަނަށް ދައްކަންޖެހިފައިވާ ފައިސާ ދައްކަނީ ސަރުކާރާއި މިފްކޯއާ ގުޅިގެން ކުރެވުނު މަސައްކަތުން ކަމަށެވެ.

މިފްކޯ އިން ބުނީ ބޭރުގެ ބާޒާރުގައި މަސްވިއްކުމަށް ފަހު ލިބޭ އާމްދަނީއަށް ވުރެ މަސްވެރިންގެ އަތުން ގަންނަ މަހަށް ދައްކަން ޖެހޭ ފައިސާ އާއި މަސް ގަނެ، ޕްރޮސެސްކޮށް، ވިއްކުމަށް ހިނގާ ޚަރަދު ބޮޑުތަނުން އިތުރުވާތީ ކުންފުންޏަށް އިތުރަށް ބޭނުންވާ ފައިސާ މިހާތަނަށް ހަމަޖައްސާފަ އިވަނީ ލޯނު ނަގައިގެންނާއި ސަރުކާރުގެ އެހީގައި ކަމަށެވެ.

މިފްކޯ އިން ބުނީ މިހާތަނަށް އައިއިރު ސަރުކާރުން 353 މިލިއަން ރުފިޔާ މަސްވެރިންނަށް ދޫކޮށްފައިވާ ކަމަށާއި އެ ކުންފުންޏަށް ލިބޭ އާމްދަނީން މަސްވެރިން ކިރުވާފައިވާ މަހަށް އިތުރު 389 މިލިއަން ރުފިޔާ ދޫކޮށްފައިވާ ކަމަށެވެ. އަދި ތެލާއި އައިސްއަށް ދީފައިވާ ކުރެޑިޓު ހިމެނޭހެން 831 މިލިއަން ރުފިޔާ މި އަހަރު މިފްކޯ އިން މަސް ދޯނިފަހަރަށް ދޫކޮށްފައިވެ އެވެ.

މަސްވެރިންނަށް ދޭން ޖެހޭ ފައިސާ ނުދީގެން އެކި ދުވަސްތަކުގެ މަތިން މަސްވެރިން ވަނީ މުޒާހަރާ ކޮށްފަ އެވެ.

އެ ކުންފުނިން މިއަދު ވަނީ ބައިނަލްއަގުވާމީ ބާޒާރުގައި ހުރި ރޭޓަށް މަސް ގަންނަން ވެސް ނިންމައިފަ އެވެ. އެގޮތަށް ކަނޑައަޅާ އަގެއް ކޮންމެ ހަފްތާއަކު އެ ކުންފުނިން އާންމުކޮށް އިއުލާން ކުރާނެ ކަމަށް ވެސް އެ މިފްކޯ އިން ބުންޏެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު