ވިޔަފާރި
މިފްކޯއަށް ބޭރުގެ ސީއީއޯއެއް ހޯދަން ޕީސީބީން އިއުލާންކޮށްފި
މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮންމްޕެނީ ލިމިޓެޑް(މިފްކޯ) އަށް ބޭރުގެ ސީއީއޯއެއް ހޯދަން ސަރުކާރުގެ ކުންފުނިތަކުގެ ބެލެނިވެރި ފަރާތް ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު(ޕީސީބީ)އިން އިއުލާންކޮށްފި އެވެ.

މިފްކޯގެ ސީއީއޯގެ މަގާމު ހުސްވީ މި ސަރުކާރުން އެ މަގާމަށް އައްޔަންކުރި އަހުމަދު ސަމާހު ރަޝީދު ވަކިކުރަން ޕީސީބީން ނިންމުންނެވެ. ސަމާހް ވަކިކުރީ ޕީސީބީއަށް ހުށަހެޅި ޝަކުވާތަކާ ގުޅިގެން ސަސްޕެންޑު ވެސް ކުރުމަށް ފަހު އެވެ.

ޕީސީބީން ކުރި އިއުލާނުގައި ބުނީ މަސްވެރިކަމުގެ ދާއިރާގެ ހުނަރުވެރި އަދި މަސައްކަތަށް ފަރުވާތެރި މީހަކު މިފްކޯގެ ސީއީއޯ / އެމްޑީގެ މަގާމަށް ބޭނުންވާ ކަމަށާއި އެހެންވެ އެ ފުރުސަތަށް ހުޅުވާލާ ކަމަށެވެ.

މިފްކޯގެ ސީއީއޯގެ މަޤާމަށް ކުރިމަތިލާ ފަރާތްތަކަކީ މަދުވެގެން 8 އަހަރު މަސްވެރިކަމާއި ގުޅުންހުރި ކުންފުންޏެއް ހިންގުމުގެ ތަޖުރިބާ ހުރި ފަރާތަކަށް ވާން ޖެހެ އެވެ. އަދި އެފަރާތަކީ މަދުވެގެން 4 އަހަރު މަސްވެރިކަމާއި ގުޅުން ހުރި ބައިނައަގުވާމީ ކުންފުންޏެއް ހިންގުމުގެ ތަޖުރިބާވެސް ހުރި ފަރާތަކަށް ވާން ޖެހޭ ކަމަށް ޕީސީބީގެ އިއުލާންގައިވަނީ ބަޔާންކޮށްފަ އެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު