ޚަބަރު
މައިންބަފައިންނާއި ދަރިންނާ ދެމެދު އޮންނަ ގުޅުން ބަދަހިކުރަން އެދިއްޖެ
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު
މައިންބަފައިންނާއި ދަރިންނާ ދެމެދު އޮންނަ ގުޅުން މިހާރަށް ވުރެ ބޮޑަށް ބަދަހިކުރަންޖެހޭ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު ވިދާޅުވެއްޖެ އެވެ.

ބައިނަލްއަގުވާމީ ގޮތުން ފާހަގަ ކުރާ ބެލެނިވެރިންގެ މަހާ ގުޅިގެން ރާއްޖޭގެ ޔުނިސެފު މެދުވެރިކޮށް ދެއްވި ވީޑިއޯ މެސެޖެއްގައި ފަސްޓް ލޭޑީ ވިދާޅުވީ ކުދިން ރަނގަޅު ގޮތުގައި ތަރުބިއްޔަތު ކުރާ ނަމަ ކުދިންނާ އެކީގައި ގުޅުން ބަދަހި ކުރަން ޖެހޭ ކަމަށެވެ. ތަފާތު އުމުރު ފުރައިގެ ކުދިންނާ ގުޅުން ބަދަހި ކުރާނީ ތަފާތު ގޮތްގޮތަށް ކަން އެކަމަނާ ފާހަގަކުރެއްވި އެވެ.

ކުޑަ ކުއްޖަކާ ގުޅުން ބަދަހި ކުރާނަމަ އެ ކުއްޖެއްގެ ލެވަލްގެ ހަރަކާތްތަކުގައި ބައިވެރިވާން ޖެހޭ ކަމަށާއި ފުރާވަރަށް އަރާ ކުއްޖަކާ އެކީ ގުޅުން ބަދަހި ކުރާނަމަ އެ ކުއްޖާ އަކީ ބެލެނިވެރިޔާގެ އެންމެ ގާތް ރަހުމަތްތެރިޔާ ގޮތުގައި ގެންގުޅެން ޖެހޭ ކަމަށް ސާޖިދާ ވިދާޅުވި އެވެ.

"އެ ކުދިންނާއި އޮންނަ ގުޅުން ބަދަހި ކުރުމަށް އެ ކުދިންގެ ލެވެލްގެ ހަރަކާތްތަކުގައި ބައިވެރިވުން،" ސާޖިދާ ވިދާޅުވި އެވެ.

އެކަމަނާ އިތުރަށް ވިދާޅުވީ ފުރާވަރުގެ ކުދިންނާއި ގުޅުން ބަދަހިކުރެވޭނީ އެ ކުދިންގެ އެންމެ ގާތް ރަހުމަތްތެރިޔާ އަކީ މައިންބަފައިން ކަމުގައި ވެގެން ކަމަށާއި އެކަމަށް ސަމާލުކަން ދިނުމަށްވެސް ސާޖިދާ އެދިވަޑައިގެންނެވި އެވެ.

މެޑަމް ސާޖިދާ އިތުރަށް ވިދާޅުވީ މައިންބަފައިންނާއި ދަރިންނާ ދެމެދު އޮންނަ ގުޅުން ބަދަހިކޮށް، މައިންބަފައިންނަށް ދަރިން ކުރާ އިތުބާރު ވަރުގަދަވުމުގެ ނަތީޖާއެއްގެ ގޮތުން ނޭދެވޭ އަމަލުތަކުން ކުދިން ދުރުވާނެ ކަމަށެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު