ޚަބަރު
އިޓަލީގެ ފައިޓާ ހަތަރު ޖެޓު ވީއައިއޭގައި ލޭންޑުކޮށްފި
އިޓަލީގެ އަސްކަރީ ފައިޓާ ޖެޓުތައް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި.-- ފޮޓޯ: އޭވިއޭޓާ މޯލްޑިވްސް
ބާރު އަޑުފަށްގަނޑަކާ އެކު މިއަދު މެންދުރު ފަހު މާލެ މަތިން ދިޔައީ ހުއްދަ ނަގައިގެން އައި އިޓަލީގެ މަތިންދާބޯޓުތަކެއް ކަމަށް އެމްއެންޑީއެފުން ބުނެފި އެވެ.

އިޓަލީގެ ފައިޓާ ޖެޓުތަކެއް ވީއައިއޭގައި ޖެއްސީ ޓެކްނިކަލް ސްޓޮޕެއްގެ ގޮތުގަ އެވެ. ޓެކްނިކަލް ސްޓޮޕްތަކުގައި ކުރޫ ރެސްޓިން އަދި ތެޔޮ އެޅުން ފަދަ ކަންކަން ކުރެ އެވެ.

އެ ޖެޓްތަކަކީ އެމެރިކާގައި އުފައްދާ ފަސް ވަނަ ޖެނަރޭޝަން ފައިޓާ ޖެޓް، ލޮކްހީޑްމާޓިން އެފް35ގެ މަރުކާގެ ބޯޓުތަކެކެވެ. އަދި އެއީ އެންމެ ފަހުގެ ވަރުގަދަ އަސްކަރީ ޖެޓުތަކެވެ. 

މި ބޯޓްތައް މާލެ މަތީން ވަނީ އުދުހިފަ އެވެ. ބާރުގަދަ އަޑާއެކު ގިނަ ބަޔަކު މަގުތަކަށް ނިކުތެވެ.

ސިވިލް އޭވިއޭޝަން އޮތޯރިޓީން ހުއްދަ ނަގައިގެން ރިފިލް ކުރުމަށާއި އެކި ބޭނުންތަކަށް ބޭރުގެ ބޯޓުތައް ވެލާނާ އެއާޕޯޓަށް އާންމުކޮށް ވެސް ޖައްސަ އެވެ. އެގޮތުން މިދިޔަ އަހަރުގެ އޮގަސްޓުމަހުު ވެސް އިޓަލީ އެއާފޯސްގެ ފައިޓާ ޖެޓެއް ވީއައިއޭގައި ޓްރާންސިިޓު ކުރި އެވެ.


ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު