ޚަބަރު
ތުރުކީން ކާޑު ގެނެސް ވިއްކާފައި ވާނެ: އެސްޓީއޯ
ތުރުކީން ރާއްޖެއަށް ކާޑު ޝިޕްމަންޓް ގެނެސްފައިވާ ކަމަށް ސްޓޭޓް ޓްރޭޑިން އޮގަނައިޒޭޝަން (އެސްޓީއޯ)އިން ބުނެފިއެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު މީގެ ކުރިން ވިދާޅުވީ، ހަނޑޫ، ހަކުރު، ފުށް ފަދަ ޒަރޫރީ ތަކެތި ގެނައުމުގައި އެއް ގައުމަކަށް ބަރޯސާވުމުގެ ބަދަލުގައި އެހެން ގައުމުތަކުން ވެސް އެ ތަކެތި ގެންނަން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

އެގޮތުން ތުރުކީއަކީ ރާއްޖެއިން ކާޑު ގަންނާނެ އެއް ގައުމު ކަމަށް ރައީސް ވިދާޅުވި އެވެ.

އެކަމަށް އިޝާރާތްކުރައްވާ އުނގޫފާރު ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު ވަހީދު (ވައްޑެ) އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ، "އެންމެ ދިމާލަކަށް ބަރޯސާނުވާން ތުރުކީން ގެންނަ ބާވަތްތައް މިހާރު އަތުވެއްޖެތޯ" ސުވާލުކުރައްވާފައެވެ.

ޖަވާބުގައި އެސްޓީއޯގެ މީޑިއާ އޮފިޝަލް ޔޫސުފް ޝާހު ވިދާޅުވީ ތުރުކީން ގެނައި ފުށުގެ ފުރަތަމަ ޝިޕްމަންޓް އޭޕްރީލް މަހުގެ 20 ވަނަ ދުވަހު ރާއްޖެއަށް ގެނައި ކަމަށެވެ. އަދި އެ ފަހަރު 20،800 ފުށް ބަސްތާ ގެނައި ކަމަށް ވިދާޅުވި އެވެ. އެ ތަކެތި މިހާރު ވައްޑެ ކައިފާނެ ކަމަށް ވެސް ޝާހު ވިދާޅުވި އެވެ. 


ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު