ވިޔަފާރި
އެސްޓީއޯ އިން ވިއްކާ ހިޓާޗީ ބްރޭންޑްގެ އިތުރު މުދާ ހަކަތަރި ލޭބަލަށް
ހިޓާޗީ ބްރޭންޑުގެ ހަކަތަރި ލޭބަލް ޖެހި އައިސް އަލަމާރި އަދި ދޮންނަމެޝިން އެސްޓީއޯ ޕީޕަލްސް ޗޮއިސް އިން ތައާރަފްކޮށްފިއެވެ. 

މިއަދު އެސްޓީއޯ އިން ނެރުނީ ތިން ތަރި އާއި ހަތަރު ތަރި އަދި ފަސް ތަރީގެ ހަކަތަރި ލޭބަލް ޖަހާފައިވާ އުފެއްދުންތަކެވެ.

އެސްޓީއޯއިން މި އުފެއްދުންތައް ތައާރަފް ކޮށްފައިވަނީ "ސެވް ދަ ވޯލްޑް" ނަމުގައި މިއަދު ބޭއްވި އިވެންޓެއްގައެވެ. މި އިވެންޓުގައި އާ އުފެްއްދުންތައް އިފްތިތާހުކޮށްދެއްވާފައިވަނީ އެންވައިރަމެންޓް މިނިސްޓްރީގެ ޕާމަނެންޓް ސެކެރެޓަރީ އަޖުވަދު މުސްތަފާއާއި އެސްޓީއޯގެ އެމްޑީ ޝިމާދު އިބްރާހިމެވެ.  

"ހަކަތަރި" އަކީ ކަރަންޓު ހަރަދު ކުޑަކޮށް، ކަރަންޓު ބޭނުން ކުރަނީ ކިހާ ވަރަކަށް ކަން އަންގައި ދިނުމަށް ބޭނުންކުރާ ދިވެހި ލޭބަލެކެވެ. މިއީ ރާއްޖެ އަށް އެތެރެ ކުރާ ކަރަންޓު ސާމާނަކީ ވަކި ފެންވަރެއްގައި، ހާއްސަ މިންގަނޑުތަކަކަށް ފެތޭ ތަކެތިކަން ޔަގީންކޮށް، އާންމުންނަށް އެ ތަކެތި ވަކި ކުރެވޭނެ ނިޒާމެއް ގާއިމްކުރުމަށް 2021 ވަނަ އަހަރު އެންވަޔަރުމެންޓް މިނިސްޓްރީން ބޭނުން ކުރަން ފެށި ލޭބަލެކެެވެ.

މި ހަފުލާގައި އެންވަޔަރަމަންޓް މިނިސްޓްރީގެ އިސްވެރިންނާއި އެސްޓީއޯގެ އިސްވެރިންގެ އިތުރުން އެކްރެލިކް ހިޓާޗީ ހޯމް އެޕްލައެންސް ސިންގަޕޯ ޑިރެކްޓާ އޮފް ސޭލްސް ތަރުން ޖެއިން، އެކްރެލިކް ހިޓާޗީ ހޯމް އެޕްލައެންސް ސިންގަޕޯ ހެޑް އޮފް ސޭލްސް ޑެނިސް ޗުއާ އަދި އެސްޓީއޯގެ ކޯޕަރޭޓް ކަސްޓަމަރުން ބައިވެރިވި އެވެ.

މި ރަސްމިއްޔާތުގައި އެކްރެލިކް ހިޓާޗީ ހޯމް އެޕްލައެންސް ސިންގަޕޯ ޑިރެކްޓާ އޮފް ސޭލްސް ތަރުން ޖެއިން ވިދާޅުވީ، ރާއްޖޭގެ ތިމާވެއްޓާ ބެހޭ މިނިސްޓްރީގެ ހަކަތެރިން ކަނޑައަޅާފައިވާ ލޭބަލް ޖެހޭ ވަރަށް އުފެއްދުންތައް މޮޑިފައި ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަން ޖެހުނު ކަމަށެވެ. އަދި ދަތިވީ މިނިސްޓްރީން ކަނޑައަޅާފައިވާ ސްޓޭންޑަޑްތައް މަތިކަމުން ކަމަށާއި ހަކަތަރި ލޭބަލް އަކީ ހަކަތަ އިގުތިސާދު ކުރެވޭނެކަން ޔަގީންކޮށް ޖަހާފައިވާ ލޭބަލެއް ކަމަށް އޭނާ ވިދާޅުވި އެވެ. 

އެސްޓީއޯއިން ބުނީ އެ ކުންފުނިން ހަކަތަރި ޕްރޮގްރާމްގައި ބައިވެރިވި އެންމެ ބޮޑު ސަބަބަކީ އެސްޓީއޯ އިން ވިއްކާ މުދަލަކީ ތިމާވެއްޓާ ރަައްޓެހި އަދި ކަރަންޓު ހަރަދު ކުޑަކޮށްްދޭ ކަސްޓަމަރުންނަށް އެކަމުގެ ސަބަބުން މުދާ ބައްލަވާގަންނަވާ އިރު އެ މުދަލަކީ ހަރަދު ކުޑަ މުދާ ކަން އަންގައިފިނުން ކަމަށެވެ. 

ކުރިއަށް އޮތް ތަނުގައި ވެސް ހިޓާޗީ ބްރޭންޑުގެ ހަކަތަރި ޖެހި އިތުރު ޕްރޮޑަކްޓުތައް މާކެޓަށް ނެރޭނެ ކަމަށް އެސްޓީއޯއިން ބުނެއެވެ.


ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު