ޚަބަރު
ބޭސްތަކާމެދު ޑޮކްޓަރުންނާއި ނަރުހުން ހޭލުންތެރިކުރަން ކޮންފަރެންސެއް ބާއްވައިފި
އެސްޓީއޯ މެޑިކަލް ސާވިސަސް އިން ބޭއްވި ކޮންފަރެންސްގެ ތެރެއިން --
ހަކުރު، ކިޑްނީ، އަދި ހިތުގެ ބަލިތަކަށް ހާއްސަ ބޭސް ތަކާއިމެދު ރާއްޖޭގެ ޑޮކްޓަރުންނާއި ނަރުހުން ގެ ހޭލުންތެރިކަން އިތުރު ކުރުމަށް އެސްޓީއޯ މެޑިކަލް ސާވިސަސް އިން ހާއްސަ ކޮންފަރެންސެއް ބާއްވައިފި އެވެ.

އެސްޓީއޯއިން މިދިޔަ އަހަރު ސެޕްޓެމްބަރު މަހު ރާއްޖެއަށް ތައާރަފްކުރި އެސްޓްރާޒެނެކާ ބްރޭންޑްގެ ބޭސްތަކުގެ ތެރެއިން ހަކުރުބަލީގެ ދެވަނަ ސްޓޭޖްގެ ބަލިމީހުންނަށް ފަރުވާކުރުމަށް ޚާއްސަ އެއްބޭހަކީ ލޭގައި ހިމެނޭ ގުލޫކޯޒް ލެވެލް ކޮންޓްރޯލް ކުރުމަށް މުހިއްމު ރޯލެއް އަދާ ކުރާ ބޭހެއްކަމުގައި އެމެރިކާގެ އެފްޑީއޭއިން ވަނީ ނިންމައިފަ އެެވެ.

އެއާއެކު މި ކޮންފަރެންސްގެ މައިގަނޑު މަގުސަދަކީ އެއާ ގުޅޭ މުހިއްމު މައުލޫމާތު ރާއްޖޭގެ ސިއްހީ ދާއިރާގެ މަސައްކަތްތެރިންނަށް ފޯރުކޮށްދިނުމެވެ.

ސީއްހީ ދާއިރާގެ 100 އަށް ވުރެ މަސައްކަތްތެރިން ބައިވެރިވި މި ކޮންފަރެންސްގައި ރާއްޖޭގެ ފުންނާބު އުސް ޑޮކްޓަރުން ކަމަށްވާ ރ. މުހައްމަދު ސިރުހާން، ޑރ. އިބްރާހިމް ޝިހާމް، އަދި ޑރ. ޝަނީޒް ނަޖްމީ ވަނީ ހަކުރު، ކިޑްނީ، އަދި ހިތުގެ ބަލިތަކާއި ބެހޭ މުހިއްމު މައުލޫތު ހިއްސާ ކުރައްވައިފަ އެވެ.

އެސްޓީއޯ މެޑިކަލް ސާވިސަސް އަކީ އަބަދުވެސް ސިއްހީ ދާއިރާގައި މަސައްކަތް ކުރައްވާ ބޭފުޅުންނަށް ދާއިރާއާއި ގުޅޭ އެންމެ ފަހުގެ މައުލޫމާތުތައް ހިއްސާކޮށްދީ ދާއިރާ ކުރިއެރުވުމަށް ގިނަގިނަ މަސައްކަތްތަކެއް ކުރަމުން އަންކުންފުންޏެއް.

އެސްޓީއޯ މެޑިކަލް ސާވިސަސް ގެ މައިގަނޑު މަގުސަދަކީ ދިވެހި ރައްޔިތުންނަށް ފެންވަރު ރަނަގަޅު ބޭހާއި ވަސީލަތްތައް ފޯރު ކޮށްދީ ސިއްހީދާއިރާގެ ފެންފަރު އިތުރައް ކުރިއެރުވުމެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު