ފުރަތަމަ ސަފުހާ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
އީޕީއޭއިން ބިން ހިއްކަން އަލުން ހުއްދަ ދީފި
އައިމިނަތު ޝިޔާޒާ
11 ޖޫން 2024 - 19:19
0
comments
Tweet
Telegram
ކަނޑުތަކުގެ ލޮނުގަނޑުގެ ހޫނުމިން މަތިވުމުގެ ސަބަބުން ފަރުތަކުން ގާހުދުވަމުންދާތީވެ، ބިން ހިއްކުމުގެ މަޝްރޫއުތައް ވަގުތީ ގޮތުން ހުއްޓާލަން އެންވަޔަރަމެންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ)އިން އެންގި އެންގުން އުވާލައިފި އެވެ.
ތިމާވެއްޓާ ބެހޭ މިނިސްޓްރީން ނެރުނު ނޫސްބަޔާނެއްގައި ބުނީ ބިން ހިއްކުމުގެ މަސައްކަތްތަކާއި ފަޅު ފުންކުރުމުގެ މަސައްކަތްތަކާއި ފަޅު ކޮނުމާއި ގޮނޑުދޮށުން ވެލިއެޅުމާއި ޕަމްޕު ބޭނުންކޮށްގެން ވެލި ނެގުމާއި ފަރުމަތީ ހޮޅި އަދި ކޭބަލް އެޅުން ކަހަލަ މަސައްކަތްތައް އެއް މަސްދުވަހަށް މަޑުޖައްސާލަން އެންގީ ގާ ހުދުވުމުގެ ސަބަބުން ލިބޭ ގެއްލުންތައް ކުޑަކުރުމަށް، މިޓިގޭޝަން ފިޔަވަޅެއްގެ ގޮތުން ކަމަށެވެ.
ނަމަވެސް އެ ގޮތަށް މެދުކަނޑާލަން އަންގާފައިވާ އެންގުން މިއަދުގެ ނިޔަލަށް ނިމުމަކަށް އައިކަމުގައި ވިޔަސް، ގާހުދުވުމުގެ މައްސަލަ އަދިވެސް ދެމިއޮތްކަން، ދަންނަންޖެހޭނެ ކަމަށް އީޕީއޭއިން ބުންޏެވެ.
އީޕީއޭއިން ވަނީ މަސައްކަތް ހުއްޓާލުމަށް އަންގާފައިވާ މުއްދަތުގައި އެންމެހައި ފަރާތްތަކުން ދެއްވި އެހީތެރިކަމަށް ޝުކުރު އަދާކޮށްފަ އެވެ.
ގާ ހުދުވުމުގެ މިހާރުގެ ހާލަތު ބަދަލުވެފައި ވިޔަސް، މުރަކަތަކުގެ ހާލަތު އަދިވެސް ވަރަށް ނާޒުކު ކަމަށް މިނިސްޓްރީން ބުންޏެވެ.
ގާ ހުދުވުމުގެ ސަބަބުން މިދިޔަ އެއް މަސްދުވަހަށް ގާތްގަނޑަކަށް 200 މަޝްރޫއެއްގެ ބިން ހިއްކުމާއި ފަޅު ފުންކުރުމުގެ މަސައްކަތް އޮތީ ހުއްޓުވައިފަ އެވެ. އެ މުއްދަތު ހަމަވިޔަސް، އީޕީއޭ އާއި މިނިސްޓްރީން ހާލަތު މޮނީޓާކުރަމުން އަންނަ ކަމަށް ބުންޏެވެ.
ރާއްޖޭގެ ފަރުތަކުން ފުޅާ ދާއިރާއެއްގައި ގާ ހުދުވުމުގެ ހާދިސާއެއް ފުރަތަމަ ފަހަރަށް 1998 ގައި ފާހަގަކުރެވުނު ފަހުން އެ ކަހަލަ ހާދިސާތަކުގެ ދޭތެރެ ދަނީ ކައިރިވަމުންނެވެ. އެ އަހަރުގެ ފަހުން ހިނގި އެންމެ ބޮޑު ހާދިސާއަކީ 2016 ގައި އައި ގާ ހުދުވުމުގެ ހާދިސާ އެވެ.
Tweet
Telegram
ގުޅުންހުރި ލިޔުންތައް
13 ދުވަސް ކުރިން
0
މިހާތަނަށް ބައި މިލިއަނެއްހާ ގަސް އިންދައިފި
4 މަސް ކުރިން
0
އައްޑޫ ހިތަދޫ މޫދަށް ކްލޮރިން އެޅުމުން ދިރުންތައް މަރުވެގެން ލައްގަނީ
6 މަސް ކުރިން
0
ބެޓެރި ބައިސްކަލް ބޭނުންކޮށްގެން ހުޅުމާލޭގައި ބައިކް ޝެއަރިން ސްކީމެއް ފަށަނީ
7 މަސް ކުރިން
0
ނިއުކްލިއާ ހަތިޔާރު ނައްތާލަން ރާއްޖޭން ގޮވާލައިފި
ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
ފޮނުވާ
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު
އަންހެން ކުއްޖާ ވެއްޓުނީ އަމިއްލައަށް: ފުލުހުން
4 ގަޑިއިރު ކުރިން
0
ފްލެޓް އަޅައިގެން ވިއްކުމުގެ ވިޔަފާރި އަށް އާރުސީސީ އަތޮޅުތެރެއަށް
5 ގަޑިއިރު ކުރިން
0
މާލީ ތަނަވަސްކަން ކުޑަ އާއިލާތަކަށް އިސްކަންދޭގޮތަށް ބޯހިވާހިކަމުގެ ބިލެއް ހުށަހަޅައިފި
5 ގަޑިއިރު ކުރިން
0
ތަރައްގީގެ މަޝްރޫއުތަކާ ގުޅޭގޮތުން ވަޒީރުންގެ މަޖިލީހުގައި މުހިންމު މަޝްވަރާތަކެއް
9 ގަޑިއިރު ކުރިން
0