އީދުގެ އުފާ ފާޅުކުރާއިރުގައި ދީނުގެ އުސޫލުތަކަށް ތަބާވުމަށް ހުތުބާގައި ގޮވާލައިފި
އިބްރާހިމް އާދަމް
16 ޖޫން 2024 - 12:04
0 comments

އީދުގެ އުފާ ފާޅުކުރާއިރުގައި ދީނުގެ އުސޫލުތަކަށް ތަބާވެ، ދީނުގެ ހަރާމްކުރައްވާފައިވާ ކަންކަމުން ދުރުހެލިވާން މިއަދު އިއްވި އީދު ހުތުބާގައި ގޮވާލައިފި އެވެ.
ހުތުބާގައި ބުނީ ގައުމަކަށް ލިބޭނެ އެންމެ ބޮޑު ނިއުމަތަކީ އެ ގައުމެއްގެ މީހުންނަކީ ﷲ އަށް އެއްކައުވަންތަކޮށް އާހިރަތް ދުވަހަށް އީމާންވާ ބަޔަކަށް ވުން ކަމަށެވެ. އަދި ﷲ އަށް ބިރުވެތިވެ، އެކަލާނގެއަށް ޖަވާބުދާރީވާންޖެހޭ ދުވަހެއް އަންނާނެކަމަށް ގަބޫލުކުރާ ބައެއްގެ މެދުގައި ފަސާދަތައް މަދުވާނެ ކަމަށް ހުތުބާގައި ބުންޏެވެެ."އަހަރެމެން މުސްލިމުން އުފާ ފާޅުކުރާއިރު، އިސްލާމްދީނުގެ އުޞޫލުތަކަށް ތަބަޢަވާން ޖެހެއެވެ. ދީނުގައި ހަރާމްކުރައްވައިފައިވާ ކަންކަން ކުރުމާއި، އުފާ ފާޅުކުރުމުގައި އެހެން ދީންތަކުގެ އަހުލުވެރީންގެ ގޮތްތައް ކޮޕީކުރުން ދޫކޮށްލާން ޖެހެއެވެ. އަހަރެމެންނަކީ މާތް ﷲ އިސްލާމްދީނުގެ ސަބަބުން އިއްޒަތްތެރިކަން ދެއްވައިފައިވާ ބަޔެކެވެ،" ހުތުބާގައި ބުންޏެވެ.އީދު ހުތުބާގައި ވަނީ އީދުގެ އުފާ ފާޅުކުރާއިރު އިސްލާމްދީނުގެ އުސޫލުތަކަށް ތަބާވުމަށާއި ދީނުގައި ހަރާމް ކުރައްވާފައިވާ ކަންކަން ނުކުރުމަށާއި އުފާފާޅުކުރާއިރު އެހެން ދީންތަކުގެ ގޮތްތައް ކޮޕީކުރުން ދޫކޮށްލުމަށް ވެސް ނަސޭހަތެރިވެފަ އެވެ.ހުރިހާ ހާލެއްގައި ﷲއަށް ކިޔަމަންތެރިކަން އަދާކުރުމުގެ މުހިންމުކަން ފާހަގަކޮށް ޚުތުބާގައި ބުނީ، ކޮންމެ ބަޔަކު ވެސް އެ ބަޔަކަށް މާތްﷲ ހަވާލުކުރައްވާފައިވާ މަސްއޫލިއްޔަތުތައް ފުރިހަމައަށް އަދާކުރާނަމަ، މި ދުނިޔެއިން އެންމެހައި ފަސާދަތައް ނެތިގެންދާނެ ކަމަށެމި ހުތުބާގައި ހައްޖު ދުވަހު އަރަފާތުބިމުގައި ފެނިގެންދިޔަ މަތިވެރި މަންޒަރުތައް ހަނދާންކޮށް އިބުރަތް ހާސިލްކުރުމަށްވެސް ގޮވާލެއްވި އެވެ.އެގޮތުން އެތައް މިލިއަން މުސްލިމުން، އެއް ފޭރާމެއްގައި، އެއް ބިމަކަށް އެއްވެ، މާތް ﷲ ގެ ހަޟުރަތުގައި ނިކަމެތިވެ، އެބައިމީހުންގެ ހާޖަތްތަކުން، އެކަލާނގެއަށް މުނާޖާ ދެންނެވުމުގައި ހޭދަކޮށްފައިވާއިރު، ޢިއްޒަތްތެރިއެއް ނިކަމެއްޗެއް، ފަގީރެއް މުއްސަންޖެއް، ވެރިއެއް ރައްޔިތެއްގެ މެދުގައި ތަފާތެއް ނެތް ކަން ހުތުބާގައި ފާހަގަކުރި އެވެ. މިކަމުން އަންގައިދެނީ އިސްލާމްދީނުގައި، މީސްތަކުންގެ މެދުގައި މާތް ﷲ ކަނޑައަޅުއްވައިފައިވާ ހަމަހަމަކަން ކަމުގައި ހުތުބާގައި ބުންޏެވެ.އަރަފާތު ބިމުގައި އެތަކެއް މުސްލިމުން އެއްވެ، އެއް ފޭރާމެއްގައި މާތް ﷲގެ ޙަޟުރަތުގައި ނިކަމެތިވެ، އެބައިމީހުންގެ ހާޖަތްތަކުން، އެކަލާނގެއަށް މުނާޖާ ދެންނެވުމުގައި އިއްޔެ ހޭދަކުރިކަން ފާހަގަކޮށް ހުތުބާގައި ބުނީ، ޢިއްޒަތްތެރިއެއް ނިކަމެއްޗެއް، ފަޤީރެއް މުއްސަންޖެއް، ވެރިއެއް ރައްޔިތެއްގެ މެދުގައި ތަފާތެއް ނެތް ކަމަށެވެ."މި ކަމުން އަންގައިދެނީ އިސްލާމްދީނުގައި، މީސްތަކުންގެ މެދުގައި މާތް ﷲ ކަނޑައަޅުއްވައިފައިވާ ހަމަހަމަކަމެވެ. އަދި އެކަކު އަނެކަކުގެ މައްޗަށް ކިބުރުވެރިނުވެ، ތަވާޟުއުވެރިވުމުގެ މުހިންމުކަމެވެ،" ހުތުބާގައި ބުންޏެވެ.
ކިޔުންތެރިންގެ ޝުއޫރު