ޚަބަރު
މޯދީ ރައީސް މުއިއްޒަށް އީދު ތަހުނިޔާ ފޮނުއްވައިފި
އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ، ރައީސް ޑރ. މުހައްމަދު މުއިއްޒުއަށް ބޮދު އީދުގެ ތަހުނިޔާ ފޮނުއްވައިފި އެވެ.

ރާއްޖޭގައި ހުންނަ އިންޑިއާގެ ހައިކޮމިޝަނުން ނެރުނު ބަޔާނެއްގައި ވިދާޅުވީ ބަރަކާތްތެރި އަޟްހާ ޢީދުގެ މުނާސަބަތުގައި އިންޑިއާގެ ބޮޑުވަޒީރު ރާއްޖޭގެ ރައީސް އަށާއި ދިވެހި ސަރުކާރާއި ރައްޔިތުންނަށް ވެސް ތަހުނިޔާ ދަންނަވައި ހެޔޮ އެދުންތައް ފޮނުއްވާފައިވާ ކަމަށެވެ. 

"ބޮޑުވަޒީރު މޯދީގެ މެސެޖުގައި، މިއަދު މި ފާހަގަކުރާ އުފާވެރި އީދު ދުވަހުން ހަނދާނަށް ގެނެސްދެނީ އަޅުގަނޑުމެން އެންމެން އުއްމީދުކުރާ ސުލްހަވެރި އަދި އެންމެހާ ފަރާތްތަކެއް ހިމެނޭ ދުނިޔެއެއް ބިނާކުރުމުގައި ބޭނުންތެރި، އެކުވެރިކަމާއި އެއްބައިވަންތަކެމެވެ،" އެ ބަޔާނުގައިވެ އެވެ.

އީދަކީ ރާއްޖެ އާއި އިންޑިއާ ދެމެދުގައި އޮތް މަލްޓި ކަލްޗުރަލް ހެރިޓޭޖުގެ ތެރެއިން ފޯރި އާއި އުފާވެރިކަމާ އެކު ފާހަގަކުރެވޭ ދުވަހެއް ކަމަށް ވެސް އެ ބަޔާނުގައި ބުންޏެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު