ޚަބަރު
އެމްޑީޕީގެ އަހަރީ ދުވަހު ރައީސް މުއިއްޒުގެ ތަހުނިޔާ
މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ، އެމްޑީޕީގެ 19ވަނަ އަހަރީ ދުވަހުގެ ތަހުނިޔާ ރައީސް ޑރ. މުހައްމަދު މުއިއްޒު ފޮނުއްވައިފިއެވެ.

ރައީސް މުއިއްޒު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ އެމްޑީޕީގެ 19 ވަނަ އަހަރީ ދުވަހުގެ ތަހުނިޔާ އެ ޕާޓީގެ އިސްވެރީންނާއި މެންބަރުންނަށް ވިދާޅުވެފަ އެވެ.

އެމްޑީޕީގެ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން މިއަދު ހަވީރު 4:30 ގައި އެމްޑީޕީ އޮފީހުގައި ދިދަ ނެގުމުގެ ރަސްމިއްޔާތެއް ބޭއްވުމަށް ވަނީ ހަމަޖެހިފަ އެވެ.

ރާއްޖެއަށް މަލްޓި ޕާޓީ ނިޒާމު ތައާރަފުވެ ސިޔާސީ ޕާޓީ ރަޖިސްޓްރީކުރުމަށް ހުޅުވާލުމުން އެންމެ ފުރަތަމަ ރަޖިސްޓްރީ ކުރި ޕާޓީއަކީ އެމްޑީޕީ އެވެ. އެ ޕާޓީން ވަނީ ރާއްޖޭގެ ވެރިކަން ދެފަހަރު ކުރައްވާފަ އެވެ. އެގޮތުން، 2008 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބާއި 2018ވަނަ އަހަރުގެ ރިޔާސީ އިންތިހާބު އެ ޕާޓީން ވަނީ ކާމިޔާބުކޮށްފަ އެވެ.


ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު