
ކުރިއަށް އޮތް ފަސް ދުވަހަށް މޫސުން ލަފާ ކުރާ ގޮތް އާންމު ކުރަމުން މެޓުން ބުނީ، ހޯދަ އަދި އަންގާރަ ދުވަހު ރާއްޖޭގެ ބައެއް ރަށްތަކަށް ކެރީގެ އަސަރު ފޯރާނެ ކަމަށާއި ބުދަ ބުރާސްދަތި އަދި ހުކުރު ދުވަހު އުތުރާއި މެދު ރާއްޖެ ތެރޭގެ އެކި ހިސާބަށް ވިއްސާރަކޮށް ގުގުރުން އެކަށީގެންވާ ކަމަށެވެ. އަދި ދެކުނުގެ އަތޮޅުތަކަށް ކެރީގެ އަސަރު ފޯރާނެ ކަމަށެވެ. މެޓް އޮފީހުން ބުނި ގޮތުގައި ވައި ޖެހޭނެ ކަމަށް ލަފާކުރެވެނީ ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު އަށް މޭލާއި 18 މޭލު ބާރުމިނުގަ އެވެ. އަދި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 35 މޭލާއި 40 މޭލަށް ވައި ގަދަވުން އެކަށީގެންވާ ކަމަށް މެޓް އޮފީހުން ބުނެ އެވެ.