
ސިޓީގައި ރައީސް ވަނީ ހައްޖުގެ މަތިވެރި މި ދުވަސްވަރު އޯގާތެރިކަމާއި ދީލަތިކަން އަދި އެއްބައިވަންތަކަމުގެ އުސޫލުތައް މުސްލިމް އުއްމަތުން ދަމަހައްޓައި އެއްބައިވަންތަކަމާއި ސުލްހަ މަސަލަސްކަން މި އުއްމަތަށް މިންވަރު ކުރެއްވުން އެދި ދުއާކުރައްވައިފަ އެވެ.އަޟްހާ އީދުގެ އުފާވެރި މުނާސަބަތުގައި ވަލީއަހުދާއި ސައުދީ ސަރުކާރަށު އަދި ސައުދީ ރައްޔިތުންނަށް އިހުލާސްތެރިކަމާއެކު ތަހުނިޔާ އަދި ހެޔޮއެދުންތައް ފޮނުއްވި ކަމަށް، ރައީސް އޮފީހުގެ ވެބްސައިޓުގައިވެ އެވެ.ވަލީއަހުދަށް ދުޅަހެޔޮ ސިއްހަތަކަށާއި ސައުދީ އަރަބިއްޔާގެ ރައްޔިތުންނަށް އުފާފާގަތި ދުވަސްތަކަކަށްވެސް ރައީސްގެ ސިޓީފުޅުގައި އެދިވަޑައިގެންފައިވެ އެވެ.ރާއްޖެ އިން މި އަހަރު 1،150 އަށް ވުރެ ގިނަ މީހުން ހައްޖަށް ދިޔަ އެވެ. އޭގެ ތެރެއިން އެކަކު ވަނީ ނިޔާވެފަ އެވެ. ބާކީ ތިބި އެންމެންގެ ހާލު ރަނގަޅު ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެ އެވެ.