ޚަބަރު
އިޖުތިމާއީ ފޭރާން ބިނާވެފައިވާ މައިގަނޑު އެއްސިފައަކީ ލަދުވެތިކަން: ހުތުބާ
މުޖުތަމަޢެއްގެ އަހުލާގީ މިންތަކާއި އިޖުތިމާއީ ފޭރާން ބިނާވެފައިވާ މައިގަނޑު އެއްސިފައަކީ ލަދުވެތިކަމުގެ ސިފަކަމަށާއި، ލަދުވެތިކަމާއި އިއްފަތްތެރިކަމަކީ، ކޮންމެ މުސްލިމެއްގެ ކިބައިގައި ވެސް ކޮންމެހެން ހުރުން ލާޒިމު ސިފައެއްކަމަށް ހުތުބާގައި ބުނެފި އެވެ.

މިއަދުގެ ހުތުބާގެ މައުލޫއަކީ، "ލަދުވެތިކަމާއި އިއްފަތްތެރިކަން!" މިއެވެ. 

ހުތުބާ ގައި ބުނެފައި ވަނީ ލަދުވެތި ކަމުގެ މާތް ސިފަ، ނަބިއްޔާ ގެންނަވާފައި ވަނީ އީމާން ކަމުގެ ތެރެއިން ކަމަށެވެ. ލަދުވެތި ކަމުގެ ސިފަ އެމީހެއްގެ ކިބާގައި ހުރެއްޖެނަމަ އެ ސިފައިގެ ސަބަބުން ފާފަތަކަށް އަރައިގަތުން މަނާކުރާ ކުރުވާނެ ކަމަށް ވެސް ހުތުބާގައި ވެ އެވެ.

ލަދުވެތިކަން ހުރެއްޖެ މީހާ އިއްފަތްތެރިކަން އިސްކުރާނެ ކަމަށާ އޭނާގެ ވެރިރަސްކަލާންގެއަށް ބިރުވެތިވެ އޭނާގެ ހަވާ ނަފުސްގެ އެދުންތައް މަައިތިރި ކުރާނެ ކަމަށް ވެސް ބުނެފައިވެ އެވެ.

ނަމަވެސް ހިތާމައަކީ މިއަދު އަހަރެމެންގެ ތެރެއިން ބައެއް މީހުން ލަދުވެތިކަމާއި އިއްފަތްތެރިކަމުގެ ރީތި ސިފައިން ބޭރުވެފައި ވުން ކަމަށް ވެސް ހުތުބާގައި ބުނެފައިވެ އެވެ.

"ހެދުން އެޅުމާއި މުއާމަލާތްކުރުމާއި ދިރިއުޅުމުގެ ކަންކަމުގެ ތެރެއިން މި މާތް ސިފަ ނެތެމުންދާތަން ފެނުމެވެ. މީސްމީޑިއާގެ އެކިއެކި މަންސަތަކުގައި މީސްތަކުން ހަރަކާތްތެރިވަމުން އެ ދަނީ ލަދުވެތިކަމުގެ ފޭރާން އެކީއެކަށް އެއް ފަރާތް ކުރުމަށް ފަހު އެވެ. އެކިއެކި ފާހިޝް މަންޒަރުތައް ހިމެނޭ ވީޑިއޯ ފަދަ ތަކެތި ހިއްސާ ކުރަމުން އެ ދަނީ ހިތުގައި ކުޑަވެސް ބިރުވެތިކަމެއް ނެތި އެވެ،" 

އަހަރެމެންގެ ތެރެއިން ބައެއް މީހުން ލަދުވެތިކަމާއި ޢިއްފަތްތެރިކަމުގެ ރިވެތި ސިފައިން ބޭރުވެ އެކިއެކި ފާޙިޝް މަންޒަރުތައް ހިއްސާކުރަމުންދާކަން ފާހަގަކުރައްވަމުން، ލަދުވެތިކަމާއި ޢިއްފަތްތެރިކަމަކީ، ކޮންމެ މުސްލިމެއްގެ ކިބައިގައި ހުރުން ލާޒިމް ކަމެއްކަމަށް ހުތުބާގައި ބުންޏެވެ.

"މުސްލިމް އަހުންނޭވޭ! ހިތާމައަކީ މިއަދު އަހަރެމެންގެ ތެރެއިން ބައެއް މީހުން ލަދުވެތިކަމާއި އިއްފަތްތެރިކަމުގެ މި ރިވެތި ސިފައިން ބޭރުވެފައިވާ ތަން ފެނުމެވެ. ހެދުން އެޅުމާއި، މުއާމަލާތުކުރުމާއި، ދިރިއުޅުމުގެ ކަންކަމުގެ ތެރެއިން މި މާތް ސިފަ ނެތެމުންދާ ތަން ފެނުމެވެ. މީސް މީޑިއާގެ އެކިއެކި މަންސަތަކުގައި މީސްތަކުން ހަރަކާތްތެރިވަމުން އެ ދަނީ ލަދުވެތިކަމުގެ ފޭރާން އެކީއެކަށް އެއް ފަރާތް ކުރުމަށްފަހު އެވެ. އެކިއެކި ފާހިޝް މަންޒަރުތައް ހިމެނޭ ވީޑިއޯ ފަދަ ތަކެތި ހިއްސާކުރަމުން އެ ދަނީ ހިތުގައި ކުޑަ ވެސް ބިރުވެތިކަމެއް ނެތިއެވެ." ހުތުބާގައި ބުންޏެވެ.

ހުތުރުކަން ބޮޑު ފާފައިގެ ވާހަކައާއި، އަމަލު ފެތުރުމަށް ލޯބިކުރާ މީހުންނަށް އާހިރަތުގައި ވޭންދެނިވި އަޒާބު ލިބޭނެކަން، ކީރިތި ގުރުއާނުން ދަލީލު ނަންގަވާ ހުތުބާގައި ވަނީ ފާހަގަކޮށްފަ އެވެ. އެހެންކަމުން، އަޅުގަނޑުމެން އެންމެންނަކީ ވެސް އީމާންކަމާއި އިއްފަތްތެރިކަމަށް ރައްކާތެރިވާ ލަދުވެތި ބަޔަކުކަމުގައިވުމަށް ހުތުބާގައި ވަނީ ގޮވާލާ އެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު