ފުރަތަމަ ސަފުހާ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ދީން
މަސްއޫލިއްޔަތަކީ އަމާނާތެއް އެއަށް އިހުމާލު ނުވާތި: ހުތުބާ
އިބްރާހިމް އާދަމް
27 ސެޕްޓެމްބަރ 2024 - 13:50
0
comments
Tweet
Telegram
ވަޒީފާތަކަކީ ރައްޔިތުން ހަވާލުކޮށްފައިވާ ބޮޑުވެގެންވާ އަމާނާތެއް ކަމަށާއި، އެ އަމާނާތްތައް އަދާކުރުމުގައި ފަރުވާކުޑަކޮށް ފަރުދުންނާއި މުޖުތަމައުގެ މަސްލަހަތަށް އިސްކަން ނުދޭ ނަމަ އެއީ ތިމާގެ ދީނާއި ގައުމަށް ވެވޭ ބޮޑު ހިޔާނާތެއް ކަމަށް މިއަދުގެ ހުކުރު ހުތުބާގައި ބުނެފި އެވެ.
ހުކުރު ހުތުބާގައި ބުނީ، ގިޔާމަތް ދުވަހަކީ ބަހަނާއެއް ދެއްކޭނެ ދުވަހަކަށް ނުވާތީ އެ މަސްއޫލިއްޔަތުތަކަށް އިހުމާލުވުމުގެ ޒިންމާ ނަގަން ޖެހޭނެ ކަމަށެވެ. އަދިދުނިޔެމަތީގައި އިންސާނާއާ ހަވާލުކޮށްފައިވާ ޒިންމާތަކާއި މަސްއޫލިއްޔަތުތައް އަދާކުރީ ކިހިނެއްތޯ ގިޔާމަތްދުވަހުން ސުވާލު ކުރެވޭނެ ކަމަށާއި އެދުވަހުން އެއްވެސް ބަހަނާއެއް ނުދެއްކޭނެ ކަމަށް ހުތުބާގައި ބުންޏެވެ.
ހުތުބާގައި ވިދާޅުވީ، އިސްލާމީ މުޖްތަމަޢުގެ ކޮންމެ ފަރުދަކީ މަސްއޫލިއްޔަތެއް އޮތް މީހެއް ކަމަށާއި އޭނާގެ މައްޗަށް ވާޖިބުތަކެއް ހުރި މީހެއް ކަމަށެވެ. އަދި އޭނާއާ ހަވާލުކުރެވިފައިވާ މަސްއޫލިއްޔަތުތަކާއި، އޭނާގެ އަމަލުތަކާމެދު އާހިރަތުގައި ޖަވާބުދާރީވާން ޖެހޭނެ މީހެއް ކަމަށް ވަނީ ވިދާޅުވެފަ އެވެ.
ހުތުބާގައި ވިދާޅުވީ ވަޒީފާތަކާއި، މަސްއޫލިއްޔަތުތަކަކީ، ބޮޑުވެގެންވާ އަމާނާތެކެވެ. އެހެންކަމުން އެ އަމާނާތްތައް އަދާކުރުމުގައި ފަރުވާކުޑަކޮށް، ފަރުދުންނާއި މުޖުތަމަޢުގެ މަޞްލަޙަތަށް އިސްކަން ނުދޭ ނަމަ، އެއީ ދީނާއި ގައުމަށް ވެވޭ ބޮޑު ހިޔާނާތެއް ކަމަށެވެ.
އަމިއްލަ މަސްލަހަތު އިސްކުރުމަކީ، އަދާކުރާން ޖެހޭ މަސްއޫލިއްޔަތަށް އުނިކަން އަންނަ ކަމެއް ކަމަށާއި، ފުރިހަމަ މުސްލިމުންނަކީ ތިމާގެ އަމިއްލަ ފައިދާއާއި މަސްލަހަތަށް ވުރެ ބޮޑަށް، އަނެކުންގެ މަޞްލަޙަތަށް އިސްކަންދޭ މީހުންކަމަށް ހުތުބާގައި ބުންޏެވެ.
ގައުމުގެ ވަހުދަތާއި ސިޔާދަތު ދެމެހެއްޓުމީ، އެންމެންގެ މަސްއޫލިއްޔަތެއްކަން ހަނދާންކޮށްދީ، ކަންކަން ދެމެހެއްޓޭނީ އަހަރެމެންގެ ތެރޭގައި މަސްއޫލިއްޔަތު އުފުލުމުގެ ތެދުވެރި ރޫޙެއް ހުރެގެންކަން ހަނދާންކޮށްދީ މުޖުތަމަޢުގެ ކޮންމެ ފަރުދަކުވެސް ޒިންމާތަކާއި މަސްއޫލިއްޔަތުތައް އަދާކުރުމަށް ހުތުބާގައިވަނީ ހަނދާންކޮށްދީފަ އެވެ.
ކީރިތި ރަސޫލާގެ ފަރާތްޕުޅުން ފެނުނީ ރިވެތި ނަމޫނާއެއްކަން ފާހަގަކޮށް ހުތުބާގައި ބުނީ ހާކިމުންނާއި، ވެރީންގެ އިތުރުން އެކިވަރުގެ އަމުރުވެރީން ރިވެތި ނަމޫނާ ދައްކައި ޒިންމާދާރު ވެއްޖެނަމަ އާންމު ރައްޔިތުން އެބައިމީހުންނަށް ތަބާވާނެ ކަމަށެވެ.
ޒިންމާދާރުވުމާއި މަސްއޫލިއްޔަތު އަދާކުރުމުގައި ގައުމުގެ އިސް ވެރީންނާއި، ގާނޫނު ހަދާ މުއައްސަސާތަކާއި، އަދުލު އިންސާފު ގާއިމުކުރާ މުއައްސަސާތަކާއި، ގާނޫނު ނަގަހައްޓާ މުއައްސަސާތަކާއި، ގައުމުގެ ސިޔާދަތާއި އަމަން އަމާންކަން ބަލަހައްޓާ މުއައްސަސާތަކާއި، އިގުތިސާދާއި ބައިތުލްމާލު ބަލަހައްޓާ މުއައްސަސާތަކުގެ ޒިންމާއާއި މަސްއޫލިއްޔަތު ވަކީން ބޮޑުކަން ހުތުބާގައި ފާހަގަކުރި އެވެ.
މީގެ އިތުރަށް ވިޔަފާރިވެރީންނަކީ ވެސް އެ މީހުން ޚިދުމަތް ފޯރުކޮށްދޭ ރައްޔިތުންގެ މައްޗަށް މަސްއޫލިއްޔަތު އުފުލާ، ޒިންމާ އަދާކުރާން ޖެހޭނެ ބައެއްކަން ވަނީ ހަނދާންކޮށްދީފައެވެ. ހަމައެއާއެކު ބައެއް މީހުންނަކީ އަދާކުރާ މަސްއޫލިއްޔަތުގެ ބާވަތުން އިހުލާސްތެރިކަމާއެކު އެ މަސްއޫލިއްޔަތު އަދާކުރުމަށް މާތް ﷲ ގަންދީ ހުވައިކޮށްގެން ތިބި ބައެއްކަން ވެސް ވަނީ ހަނދާންކޮށްދީފަ އެވެ.
މިއިން ކޮންމެ މީހަކާ ހަވާލުވެފައިވާ މަސްއޫލިއްތު އަދާކުރީ ކިހިނެއްތޯ ގިޔާމަތް ދުވަހުން ސުވާލުކުރެވޭނެކަމަށް ހުކުރު ހުތުބާގައި ބުނެފައިވެ އެވެ.
Tweet
Telegram
ގުޅުންހުރި ލިޔުންތައް
2 ދުވަސް ކުރިން
0
ޝައްވާލު މަހުގެ ހަނދު ސާބިތު ކުރުން މިރޭ
17 ދުވަސް ކުރިން
0
ނަޞްރުގެ މައްސަރު
1 މަސް ކުރިން
0
ރޯދައަށް ތައްޔާރުވާން ހުތުބާގައި ގޮވާލައިފި
3 މަސް ކުރިން
0
ދިރިއުޅުމުގައި ދިމާވާ ދަތިތަކާމެދު މާޔޫސް ނުވުން
ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
ފޮނުވާ
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު
ގދ. އަތޮޅުގައި އައިޑީ ކާޑު ޕްރިންޓްކޮށް ދޫކުރުމުގެ ހިދުމަތް ފަށައިފި
14 ގަޑިއިރު ކުރިން
0
ބީއެމްއެލް އިސްލާމިކް އިން 10 ރަށެއްގައި އީދު ސައި
20 ގަޑިއިރު ކުރިން
0
ޒަކާތުގެ ގޮތުގައި މީގެ ކުރިން ނުލިބޭ މިންވަރަށް ފައިސާ ލިބިފައިވާ ކަމަށް މިިނިސްޓްރީން ބުނެފި
22 ގަޑިއިރު ކުރިން
0
އީދު ނަމާދަށް އިމާމު ނައުމުން ފިޔަވަޅު އަޅައިފި
23 ގަޑިއިރު ކުރިން
0