ޚަބަރު
އެންމެ ގިނަ ޒުވާން ޚަތީބުން އިމާމްވެ ހުކުރު ކުރީ މިއަދު!
އިމާމުގެ ހުކުރު ކުރި ބައެއް ޒުވާން ހަތީބުން
ބާރަ މިސްކިތެއް ގައި ޒުވާން ހަތީބުން އިމާމުވެ މިއަދު ހުކުރު ކޮށްފި އެވެ. 

މިއީ ރާއްޖޭގައި އެއް ދުވަހެެއް ގައި މިހާ ގިނަ ޒުވާން ހަތީބުން ގިނަ މިސްކިތްތަކެއް ގައި އިމާމުންގެ ގޮތުގައި ހުކުރު ކުރި ދުވަހެވެ.

އިސްލާމީ ކަންތައްތަކާ ބޭހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސައީދު  އެކްސަގައި ކުރެއްވި ޕޯސްޓެއްގައި ވަނީ މިއަދު މިސްކިތްތަކުގައި އިމާމްވެ ހުކުރު ކުރި ކުދީންނަކީ ޒުވާން ޚަތީބް ޕްރޮގްރާމުން ތަމްރީން ހޯދައި، ސަނަދު ހާސިލްކޮށްފައިވާ ދަރިވަރުން ކަމަށެވެ.

މިއީ މި ސަރުކާރުން ފެށި ޒުވާން ހަތީބުން ތަމްރީން ޕްރަގްރާމުން ސަނަދު ހޯދި ދަރިވަރުން ކަން ވެސް މިނިސްޓަރު ފާހަގަ ކުރެވި އެވެ.

މިއަދު އިމާމުވެ ހުކުރުކުރި ޒުވާން ހަތީބުންނަކީ؛

  •  އިބްރާހިމް ޒާކިރު ޒަލީފް - މަސްޖިދު މުހައްމަދު
  •  ހަނީޒް ހަނީފް - މަސްޖިދު އުސްމާން
  •  މުހައްމަދު ހަނޫން ހުސައިން - މަސްޖިދު އަމީލް ޖަލީލް
  •  ޔޫސުފް އަހްމަދު މުނައްވަރު - މަސްޖިދުލް ސަލާމް
  •  އުވައިސް ބިން އިނާޒް - މަސްޖިދު ހަސަން އާދަމް
  •  މުހައްމަދު ޔަޝާއު މުސްތަފާ - މަސްޖިދުލް އަސްދިގާ
  •  އަހްމަދު އަލްސަމް - މަސްޖިދުލްސުލްތާން ހަސަން އިއްޒުއްދީން
  •  ހަސަން މާޒް އަލީ - މަސްޖިދު އިސްކަންދަރު
  •  ފާހިދު އަބްދުލް މުހުސިން - މަސްޖިދު ޖަލާލުއްދީން
  •  މޫސާ މާއިޝް މާޖިދު - މަސްޖިދުލްސުލްތާން މުހައްމަދު ބިން އަބްދުﷲ
  •  އަބާން އިބްރާހިމް - މަސްޖިދު ނޫރު
  •  މުހައްމަދު މިޝްއަލް އާޒިމް - މަސްޖިދުލް ފުރުގާން
ޒުވާން ހަތީބުން ޕްރަގްރާމުން މިހާތަނަށް 309 ދަރިވަރަކަށް ވަނީ ސަނަދު ހަވާލު ކޮށްފަ އެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު