ޚަބަރު
ގުރުއާން ހިތުދަސްކުރުމުން އުމްރާ ދަތުރެއް ދެނީ
ގުރުއާން ހިތުދަސްކުރި ކުއްޖަކަށް ރައީސް ހަނދާނީ ލިޔުން ދެއްވުން -- ފޮޓޯ: ރައީސް އޮފީސް
ގުރުއާން ހިތު ދަސްކޮށް ނިންމާ ދަރިވަރުންނަށް ހިތްވަރު ދިނުމުގެ ގޮތުން އުމްރާ އަށް ފޮނުވުމުގެ ޕްރޮގްރާމެއް އިސްލާމިކް މިނިސްޓްރީން ފަށައިފި އެވެ.

އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ ޤުރުއާން ހިތުދަސްކޮށް ނިންމާ ދަރިވަރުންނަށް ހިތްވަރު ދިނުމުގެ ގޮތުން ޢުމްރާ އަށް ފޮނުވުމުގެ ޕްރޮގްރާމްގެ ދަށުން ފުރަތަމަ ޙާފިޒަށް މާދަމާ ފުރުޞަތު އެރުވޭނެ ކަމަށެވެ.

އެ ހާފިޒުގެ ނަން ވިދާޅުވެ ޝަހީމް ވަނީ އެއީ ޤުރުއާންގެ އާޔަތުގެ ނަމްބަރާއެކު ޤުރުއާން ހިތު ދަސްކޮށްފައިވާ ފަރާތެއް ކަމަށް ވިދާޅުވެފަ އެވެ.

ހާފިޒުން އިތުރުކުރުމަށް އިސްލާމިކް މިނިސްޓްރީން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.


ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު