ޚަބަރު
އައްޑޫ މިފްކޯ މަސް ފެކްޓަރީ މުޒާހަރާގެ ބައިވެރިން ބެލުމުގެ ދަށަށް..!
އޭއެފްސީގެ މުވައްޒަފުން: އެކޮމޮޑޭޝަން ބްލޮކުން ކަރަންޓު ކަނޑާލުމުން އެމީހުން ރޭ ނިދީ މަގުމަތީގައި
މިއަދު ހަވީރު ހަތަރެއްގެ ފަހުން އައްޑޫ ހުޅުމީދޫގައި ހުންނަ މިފްކޯ މަސްފެކްޓްރީގެ މުވައްޒަފުން އެތަނުން ނެރެ، އޮޑިވެރިންނާއި މަސްވެރިންގެ ބެލުމުގެ ދަށަށް އެތަން ގެންނާނެ ކަމުގެ އިންޒާރު ދީފައިވާ ކަމަށާއި މިހާރު ވެސް މުވައްޒަފުން ތިބީ ހާލުގައި ޖެހިފައި ކަމަށް އެކުންފުނިން ބުނެފި އެވެ.

"ރެއިން ފެށިގެން އޭއެފްސީ މުވައްޒަފުން ނިދަނީ ބޭރުގަ ސަތަރި އަޅައިގެން. މުވައްޒަފުންގެ ޒަރޫރީ ބޭނުންތައް ވަނީ ނުފުދިފަ. ކެއިން ބުއިމާ ފާހަނަކުރުން ފަދަ ކަންކަން،" މިފްކޯގެ މެސެޖުގައިވެ އެވެ.

މީގެ އިތުރުން ރޭގައި ފުލުހުންގެ އެދުމުގެ މަތިން ފެކްޓްރީއަށް ކަރަންޓު ދިނުމުން މުޒާހަރާގެ މަސްލަހަތު ގެއްލި، ތަނާއި މުދަލަށް އަދި މުވައްޒަފުންނަށް އެކަމުގެ ސަބަބުން ގެއްލުން ލިބިދާނެ ފަދަ ހާލަތަކަށް ހިނގައިދާނެކަމަށް ކުންފުންޏަށް ގަބޫލުކުރެވުމުން ފެކްޓްރީން ކަރަންޓު ކަނޑާލީ ކަމަށް މިފްކޯއިން ބުންޏެވެ.

"މަސްވެރިންގެ ޑިމާންޑްއަކީ އެކޮމޮޑޭޝަން، އެޑްމިން ބިލްޑިންގް، ކެފެޓީރިއާއިން ކަރަންޑު ކަނޑާލާފަ ބެހެއްޓުން،" މިފްކޯއިން ބުނެ އެވެ.

އައްޑޫގެ މަސްވެރިން ކުރަމުން އަންނަ އިހުތިޖާޖުގައި މަސްވެރިންގެ އެންމެ ބޮޑު ޑިމާންޑަކީ ފާއިތުވި ދެ މަހާއި 17 ދުވަހުގެ ތެރޭގައި ކިރުވި މަހަށް ލިބެން ޖެހޭ ފައިސާ ވީހާ ވެސް އަވަހަކަށް ދިނުމާއި ކުރިއަށް އޮތް ތަނުގައި ކިރުވާ މަހަށް އެންމެ ލަސްވެގެން 15 ދުވަހުގެ ތެރޭގައި ފައިސާ ލިބޭނެ އިންތިޒާމުތަކެއް ހަމަޖައްސައި ދިނުމެވެ.

އިހުތިޖާޖުކުރާ މަސްވެރިން ބުނަމުން އަންނަނީ މަސްވެރިންނަށް ދޫކުރަންޖެހޭ ފައިސާ ދޫނުކުރާތާ ދެ މަހެއްހައި ދުވަސް ވެފައިވާ ކަމަށެވެ. އަދި ފައިސާ ނުލިބުމުގެ ސަބަބުން މަސްވެރިންނަށް ވަރަށް ބޮޑަށް ދަތިވަމުންދާ ކަމަށެވެ. 


ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު