ޚަބަރު
އާމްދަނީ އިތުރުކުރުމުގެ ސިޔާސަތެއް އެކުލަވާލަން ރައީސް ނިންމަވައިފި
ހަރަދު ކުޑަކުރުމާއި، އާމްދަނީ އިތުރުކުރުމުގެ ސިޔާސަތު އަދި މީޑިއަމް ޓަރމް ރެވެނިއު ސްޓްރެޓެޖީއެއް އެކުލަވާލުމަށް ވަޒީރުންގެ މަޖިލީހުގެ ލަފާފުޅާއެކު ރައީސް ޑރ މުހައްމަދު މުއިއްޒު ނިންމަވައިފި އެވެ.

ރައީސް މިގޮތަށް ނިންމެވީ ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި މިނިސްޓަރ އޮފް ފިނޭންސްއިން ހުށަހަޅުއްވާފައިވާ ކަރުދާހާ ގުޅޭގޮތުން މަޝްވަރާކުރެއްވުމަށްފަހުގަ އެވެ. 

އެ ބައްދަލުވުމުގައި، އެފަދަ ސިޔާސަތަކާއި ސްޓްރެޓެޖީއެއް އެކުލަވާލަން ހުށަހެޅީ ފިނޭންސް މިނިސްޓްރީން ކަމަށާއި އެ ކަރުދާހާ ގުޅޭ ގޮތުން ވަޒީރުންގެ މަޖިލީހުން މަޝްވަރާކުރި ކަމަށް ބަޔާނުގައިވެ އެވެ.

އެ ބައްދަލުވުމުގައި ރައީސް ވަނީ، ރާއްޖޭގެ އިގުތިސާދު ސިންދަފާތު ކުރުމަށާއި، އާމްދަނީ އިތުރުކުރުމަށް އިތުރަށް ކުރެވިދާނެ ކަންތައްތަކަކީ ކޮބައިތޯ ބަލައި، އެކަންކަމާ ގުޅޭގޮތުން ކުރަން ޖެހޭ ކަންކަން ވަޒީރުންގެ މަޖިލީހުގެ ސަބް-ކޮމިޓީއަކުން ކުރިއަށް ގެންދަން ޖެހޭ ގޮތަށް ނިންމަވައިފައި ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ.

ފިނޭންސް މިނިސްޓްރީން މިހާރު ވެސް ވަނީ ދައުލަތުގެ ހަރަދުތައް ކުޑަ ކުރަން ބައެއް ފިޔަވަޅުތައް އަޅައި، ބައެއް ކަންކަން ތަންފީޒު ކުރަން ހުށަހަޅައިފަ އެވެ.

ރާއްޖޭގެ އިގުތިސޯދީ ހާލަތާ ގުޅޭ ގޮތުން ކަންބޮޑުވުން އޮތުމުން، ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ވަނީ ދައުލަތުގެ މާލީ ހާލަތާއި އިގްތިސާދީ ހާލަތާ ގުޅޭ ގޮތުން ފިނޭންސް މިނިސްޓްރީގެ މުވައްޒަފުންނާ ބައްދަލު ކުރުމަށް ނިންމައިފަ އެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު