ޚަބަރު
ރަސްމީ ދަތުރުފުޅެއްގައި އިސްލާމިކް މިނިސްޓަރު ޗައިނާއަށް
އިސްލާމިކް މިނިސްޓަރ, ޑރ. ޝަހީމް އަލީ ސައީދު-- ފޮޓޯ: އިސްލާމިކް މިނިސްޓްރީ
ޗައިނާ ޔުރޭޝިއާ އެކްސްޕޯގައި ބައިވެރިވެވަޑައިގަތުމަށް އިސްލާމީ ކަންތައްތަކާ ބެހޭ މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ޗައިނާއަށް ފުރާވަޑައިގަންނަވައިފި އެވެ. 

އިސްލާމިކް މިނިސްޓްރީން ވިދާޅުވީ، މި ދަތުރުފުޅަކީ މިއަދުން ފެށިގެން މިމަހުގެ 28 އަށް ޗައިނާގެ ސިންޖިއަންގ ރީޖަންގެ އުރުމްގީގައި ބޭއްވުމަށް ހަމަޖެހިފައިވާ ޗައިނާ-ޔޫރޭޝިއާ އެކްސްޕޯގައި ބައިވެރިވެލެއްވުމަށް ކުރައްވާ ދަތުރުފުޅެއް ކަމަށެވެ.

އަދި މީގެ އިތުރުން މިދަތުރުގެ ތެރެއިން މިނިސްޓަރ، ޗައިނާގެ މުހިންމު މިސްކިތްތަކާއި އިސްލާމީ އެކަޑަމީ ތަކަށް ޒިޔާރަތް ކުރައްވާނެ ކަމަށް ވެސް ވަނީ ވިދާޅުވެފަ އެވެ.

މިދަތުރުފުޅުގައި މިނިސްޓަރުގެ އަރިހުގައި އެވުޒާރާގެ ސްޓޭޓް މިނިސްޓަރ ޑރ. މުހައްމަދު ޝުޖާޢު އަބްދުލްހަކީމްވެސް ބައިވެރިވެވަޑައިގަންނަވަ އެވެ.


ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު