ޚަބަރު
މުއްސަދިންނަށް އަމާޒުކޮށް ލަގްޒަރީ ވިލާތަކެއްގެ ބިންގާ އަޅައިފި
ހުޅުމާލެ 2 ގައި ހަދާ މުއްސަނދިންނަށް ހާއްސަ ޕްރިމިއަމް ވިލާތަކުގެ ބޮޑު މަޝްރޫއުގެ ބިންގާ މިއަދު އަޅައިފި އެވެ.

ރައީސް އޮފީހުން ބުނީ ގޮތުގައި މި މަޝްރޫއު ކުރިއަށް ގެންދަނީ "އަސޭރިއާ ހޯމްސް އެންޑް ޓައުންހައުސަސް" ނަމުގައެވެ. މި މަޝްރޫއުގެ ބިންގާ މިއަދު އަޅުއްވައިދެއްވީ ނައިބު ރައީސް، ހުސެއިން މުހައްމަދު ލަތީފެވެ.

ރައީސް އޮފީހުން ބުނީ، ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ނަވާރަހާސް އަކަމީޓަރަށްވުރެ ބޮޑު ސަރަޙައްދެއްގައި ހިންގާ މި މަޝްރޫޢުގެ ދަށުން ހުޅުމާލޭ ދެވަނަ ފިޔަވަހީގެ އިރުއުތުރު ކަންމަތީގައި ތަރައްގީކުރާ މި ސަރަހައްދުގައި މަތީ ފަންތީގެ 3 ބާވަތެއްގެ ގެދޮރު ތަރައްގީކުރެވޭނެ ކަމަށެވެ.

އޭގެ ތެރޭގައި ބީޗް ވިލާގެ ގޮތުގައި 37 ޔުނިޓް ގާޑަން ވިލާގެ ގޮތުގައި 14 ޔުނިޓް އަދި އާބަން ވިލާގެ ގޮތުގައި 22 ޔުނިޓް ތަރައްޤީކުރާނެ ކަމަށް ވަނީ ބުނެފައެވެ.

މި މަސައްކަތް ހަވާލުކުރީ ތިން އަހަރު ދުވަހުގެ ތެރޭގައި ނިންމަން ޖެހޭ ގޮތަށް ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ.

ބެޗް ކޮންސްޓްރަކްޝަންއާ 2022 ވަނަ އަހަރު ހަވާލުކުރީ މި ޕްރިމިއަމް ވިލާއިން ލިބޭނެ ބައެއް ހިދުމަތްތަކުގެ ތެރޭގައި، ސެމީ ގާޑެޑް ސެކުއިރިޓީ، ޕްރައިވެޓް ނެއިބަހުޑް، ރެސިޑެންޓް ބަގީޗާ، ގާޑްރޫމް، ޕޮލިސް ޕޯސްޓް، ކްލަބް ހައުސް، ލެޕް ޕޫލް އަދި ޕޫލް ހައުސް، ވެލްނެސް ސެންޓަރެއް، ރެކްރިއޭޝަން ސެންޓަރެއް، މަލްޓި ޕަޕޮސް އިވެންޓް ހޯލެއް އަދި ކޮމާޝަލް ކޮމްޕްލެކްސް ވެސް ހިމެނެ އެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު