ވިޔަފާރި
ސިނާއީ ބޭނުމަށް ހުޅުމާލޭގެ ދެވަނަ ފިޔަވަހިން ބިން ވިއްކަނީ
ސިނާއީ ބޭނުމަށް ހުޅުމާލޭގެ ދެވަނަ ފިޔަވަހިން ބީލަމުގެ އުސޫލުން ބިން ވިއްކަން އިއުލާންކޮށްފި އެވެ.

އޭގެ ތެރޭގައި ހިމެނެނީ 3,689 އަކަފޫޓާއި 3,746 އަކަފޫޓާ ދެމެދުގެ 12 ބިމެވެ.

އެޗްޑިީސީން ބުނީ އެ ބިންތައް ވިއްކުމަށް ހަމަޖެހިފައިވަނީ ހުޅުމާލޭ ދެވަނަ ފޭސްގެ އިންޓަގްރޭޓެޑް ހަބް"ގެ ތަރައްގީ ކުރަން ކަނޑައަޅާފައިވާ ސަަރަހައްދުން ކަމަށެވެ.

ހަމައެކަނި ދިވެހިންނަށް ކުރިމަތިލެވޭ ގޮތަށް ވިއްކަން ހުޅުވާލާފައިވާއިރު، އުމުރުން 18 އަހަރުވެފައިވާ ކޮންމެ މީހަކަށް ވެސް ބީލަން ހުށަހެޅޭނެ އެވެ.

އެޗްޑީސީއިން ވަނީ ބީލަން ހުށަހަޅަނީ ކުންފުންޏަކުންނަމަ، އެ ކުންފުންޏަކީ ރާއްޖޭގައި ރަޖިސްޓްރީ ކޮށްފައިވާ 100 ޕަސަންޓު ދިވެހިންގެ ހިއްސާ އޮންނަ ކުންފުންޏެއް ކަމުގައި ވާން ޖެހޭނެ ކަމަށް ވެސް ބުނެފައެވެ.

އެގޮތުން ބިން ވިއްކުން ކުރިއަށް ގެންދާނީ ދެ މަރުހަލާ އަކަށް ބަހާލައިގެން ކަމަށާއި ފުރަތަމަ މަރުހަލާ އަކީ އެކްސްޕްރެޝަން އޮފް އިންޓަރެސްޓް (އީއޯއައި) ހުށަހެޅުން ކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ.

އަދި ދެވަނަ މަރުހަލާއަކީ ގަންނަން ކަނޑައަޅާފައިވާ ބިމަށް އެއް ފަރާތަށް ވުރެ ގިނަ ފަރާތުން އީއޯއައި ހުށަހަޅާފައި ވާނަމަ ބިޑް ކުރުން ކަމަށް ވެސް ވަނީ ބުނެފަ އެވެ.

އެ ކުންފުނިން ބުނީ ބިންތަކުގެ ބީލަން ފެށޭ އަގަކީ އަކަފޫޓަކަށް 7،500 ރުފިޔާ ކަމަށެވެ. އަދި ކޮންމެ ފަރާތަކަށް ވެސް ޖުމުލަ ތިން ބިން ގަނެވޭނެ ކަމަށް ވަނީ ބުނެފަ އެވެ.

އެޗްޑީސީއިން ބުނީ ބީލަންތައް ކުރިއަށްގެންދިއުމަށް ހަމަޖެހިފައި ވަނީ އެ ކޯޕަރޭޝަންގެ އޮންލައިން ބިޑް ޕޯޓަލް މެދުވެރިކޮށް ކަމަށެވެ.


ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު