ޚަބަރު
ހިޔާގައި ފޭރޭ އަންހެން މީހާއަށް ދައުވާ ކުރަން ފޮނުވައިފި
ހުޅުމާލޭ ހިޔާ ޓަވަރަށް ފިރިހެނުން ގެންގޮސްގެން ފޭނުނު މައްސަލައިގައި 2 މީހެއްގެ މައްޗަށް ދައުވާކުރަން ޕީޖީ އޮފީހުން ނިންމައިފި އެވެ.

އަންހެނަކު ފިރިހެނުންނަށް އެކި ދައުވަތު ދިނުމަށް ފަހު އެޕާޓްމަންޓަށް ގެންގޮސް، ބަރަހަނާ ކުރުމަށް ފަހު ބްލެކްމެއިލް ކޮށްގެން ބޮޑެތި އަދަދުތަކުން ފައިސާ ފޭރޭ މައްސަލަތަކެއް ފެންމަތިވީ މި އަހަރުގެ ކުރީކޮޅެވެ.

އެގޮތުން އެއިން މައްސަލައެއްގައި ހައްޔަރުކުރި ދެ މީހަކީ:

  • ރިމާނާ މޫސާ، 39، ގ. ރަނައުރާގޭއާގެ

  • އަހުމަދު މިހާދު، 44، ގ. އޯލްޕެރިސް


ރިމާނާ މޫސާގެ އިތުރުން މި މައްސަލައިގައި ހިމެނޭ އަހުމަދު މިހާދުގެ ބަންދަށްވެސް އިއްޔެ ކްރިމިނަލް ކޯޓުން ވަނީ 30 ދުވަހުގެ މުއްދަތެއް ދީފައެވެ. އަދި މީނާއަށްވެސް ދައުވާ ކުރުމަށްޓަކައި ލިޔެކިޔުންތައް ޕީޖީ އޮފީހަށް ބަލައިގަނެފައިވާ ކަމަށްވެސް ބުނެފައިވެ އެވެ.

ކޯޓު އަމުރުގައި ބުނެފައިވަނީ ތުހުމަތު ކުރެވޭ މައްސަލައިގައި މީނާގެ ބައިވެރިވުން އޮތްކަމަށް ބެލެވޭ ހެކި ހުށަހަޅާފައިވާ ކަމަށާއި އަދި މިއީ އިންތިޒާމުވެގެން ހިންގާފައިވާ ކުށެއްކަމަށް ބެލެވޭ ކަމަށެވެ. މިކަމަކީ މީނާ އިތުރު މީހަކާ ބައިވެރިވެގެން ކޮށްފައިވާ ކުށެއް ކަމަށްވެސް ބެލެވޭ ކަމަށް ފާހަގަ ކޮށްފައިވެ އެވެ.  


ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު