ޚަބަރު
މެމްބަރުންގެ އިންޝުއަރެންސް މިހާރުން މިހާރަށް ކަނޑާލަން ތާއީދު:ޝުޖާއު
ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އިންޝުއަރެންސް ކަނޑާލާ ހަމައެކަނި އާސަންދަ ލިބޭ ގޮތަށް ބަދަލު ކުރަން ތާއީދު ކުރައްވާ ކަމަށް ބާރަށު ދާއިރާގެ މެންބަރު އަދި ޕީއެންސީގެ ސީނިއާ ޑެޕިއުޓީ ޕީޖީ ލީޑަރު އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެ އެވެ. 

މެމްބަރު ޝުޖާއު މިއަދު "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ދައުލަތުގެ ހަރަދު ކުޑަކުރުމަށް ރައީސް ޑރ، މުހައްމަދު މުއިއްޒު ފައްޓަވާފައިވާ ގައުމީ މަސައްކަތަށް އެއްބާރުލުން ދެއްވުމުގެ ގޮތުން މަޖިލިސް މެމްބަރުންގެ އިންޝުއަރެންސް މިހާރުން މިހާރަށް ކަނޑާލައި ދިވެހި ރައްޔިތުންނަށް ލިބޭ އާސަންދަ އެކަނި ލިބޭ ގޮތަށް ބަދަލު ކުރަައްވަން ފުރިހަމަ އަށް ތާއީދު ކުރައްވާ ކަމަށެވެ. އަދި ވިދާޅުވީ އޭގެ ބަދަލުގައި މެންބަރުންނަށް، ރައްޔިތުންނަށް ލިބޭ އާސަންދަ އެކަނި ލިބޭ ގޮތަށް ބަދަލު ކުރުމަށް ފުރިހަމައަށް ތާއީދު ކުރައްވާ ކަމަށެވެ.

މެމްބަރު ޝުޖާއު ވިދާޅުވީ އެންމެ ބޮޑު ޝަކުވާއަކީ އާސަންދައިގެ ބޭނުން ނަހަމަ ގޮތުގައި ހިފަމުން ދާކަމުގެ ޝަކުވާ ކަމަށެވެ.

އަދި ހައްގުވެރިންނަށް އާސަންދަ އާއި ސަބްސިޑީ ދޭ ގޮތަށް ބަދަލު ކުރަން މަޖިލީހުން މަސައްކަތް ކުރާ ކަމަށާއި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސިޔާސަތަކީ ވެސް އެއީ ކަމަށް ޝުޖާއު ވިދާޅުވިއެވެ. އަދި އެއީ ގައުމަށްޓަކައި މިއަދު ކުރަން ޖެހޭ ޖިހާދެއް ކަމަށް ވިދާޅުވި އެވެ.


މަޖިލީހުގެ ކޮންމެ މެންބަރަކަށް މެޑިކަލް އިންޝުއަރެންސް ޕްރިމިއަމްގެ ގޮތުގައި ކަނޑައަޅާފައި އޮންނަނީ އަހަރަކަށް 24،000 ރުފިޔާ އެވެ. އެ ފައިސާ ހަމަޖައްސަނީ ރައްޔިތުންގެ މަޖިލީހުގެ ބަޖެޓުންނެވެ. މިހާރު މަޖިލީހުގައި މެންބަރުން ތިއްބެވި އަދަދަށް ބަލާނަމަ އެއީ އަހަރަކަށް ގާތްގަނޑަކަށް 2.2 މިލިއަން ރުފިޔާ އެވެ. މި އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓުގައި އާސަންދައަށް 1.9 ބިލިއަން ރުފިޔާ ވަނީ ހިމަނާފަ އެވެ. 

މި އަހަރުގެ ފުރަތަމަ ތިން މަސް ދުވަހުގެ ތެރޭގައި އާސަންދައަށް ކުރި ހޭދަ، 838 މިލިއަން ރުފިޔާއަށް އަރާފައިވާ ކަމަށް އެ ކުންފުނީގެ ތަފާސްހިސާބުތަކުން ދައްކައެވެ.

ރޭ އޮތް ޕީއެންސީ ހައުސްގެ ޖަލްސާ ގައި ވެސް ޝުޖާއު ވަނީ ގައުމުގެ އިގްތިސާދީ ހާލަތު ވަރަށް ސާފުކޮށް ވިދާޅުވެ ދެއްވާފަ އެވެ. ހަރަދު ކުޑަކުރަން ފިޔަވަޅުތައް އަޅުއްވަން ޖެހޭ ކަމަށާ އެކަމަށް ހުރިހާ ރައްޔިތުންގެ އެއްބާރުލުލުން ދެވްވުމަށްވެސް ސުޖާ ވަނީ އެދިވަޑައިގެންފަ އެވެ.  

 

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު