ޚަބަރު
ހައްޔަރުކުރި ކަރެކްޝަންސް އޮފިސަރުންނަށް ބަންދުގެ މުއްދަތު ޖަހައިފި
ޖަލުގައި ތިބޭ ކުށްވެރިންނަށް މަސްތުވާތަކެއްޗާއި ފޯނު ފަދަ ތަކެތި، ރިޝްވަތު ނައިގެން ފޯރުކޮށް ދެމުން ދިޔަ މައްސަލައިގައި ހައްޔަރުކުރި މޯލްޑިވްސް ކަރެކްޝަނަލް ސާބިސެސްގެ 13 އޮފިސަރުންގެ ތެރެއިން 11 އޮފިސަރަކު ޝަރީއަތް ނިމެންދަން ބަންދު ކުރަން އަމުރުކޮށްފި އެވެ.

މީގެކުރިން ފުލުހުން ދިން މައުލޫމާތުތަކުން އެނގޭ ގޮތުގައި ހައްޔަރުކުރި އޮފިސަރުންގެ ތެރޭގައި ހިމެނެނީ ކ. މާފުށިން ހައްޔަރު ކުރި ނުވަ އޮފިސަރުންނާއި، ކ. ކާށިދޫއިން ދެ އޮފިސަރުންގެ އިތުރުން ހއ. އުތީމުން އޮފިސަރަކާއި މާލެއިން އޮފިސަރެއް ކަމަށެވެ.

އެ މީހުންގެ ތެރެއިން ދެ އޮފިސަރުން ފަސް ދުވަހަށް އަދި ބާކީ ތިބި 11 އޮފިސަރުން ޝަރީއަތް ނިމެންދެން ބަންދުކޮށްފައިވާ ކަމަށް ފުލުހުން ބުނެ އެވެ. އެ މީހުން ހާޒިރުކުރީ ކޮން ކޯޓަކަށް ކަމެއް ފުލުހުން ނުބުނެ އެވެ.

އެ ހުރިހާ އޮފިސަރުން ހައްޔަރުކުރުމަށްފަހު، އެ މީހުން ދިރިއުޅެމުންދިޔަ ތަންތަން ވަނީ ބަލައިފާސްކޮށްފަ އެވެ.

"ބައެއް މުވައްޒަފުންގެ އެކައުންޓަށް 24 މިލިއަނުން ފައިސާ ޖަމާވެފައި އެބަހުރި. އަޅުގަނޑުމެން މިހާ ހިސާބަށް ބެލި ބެލުމުން އަޅުގަނޑުމެންނަށް ފާހަގަކުރެވިފައި ވަނީ މި 18 މުވައްޒަފުންގެ އެކައުންޓުން ގާތްގަނޑަކަށް 73 މިލިއަން 6 ލައްކަ ރުފިޔާ އެކި ފަހަރު މަތިން، 2023 ވަނަ އަހަރުގެ ޖެނުއަރީ މަހުން ފެށިގެން މިހާ ހިސާބަށް ޖަމާވެފަ ހުރިކަން ފާހަގަ ކުރެވިފައިވޭ،" ހޯމް މިނިސްޓަރު އަލީ އިހުސާން މީގެކުރިން ވިދާޅުވެފައިވެ އެވެ.  

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު