ޚަބަރު
ޖަލަށް ޑްރަގާ ފޯނު ވައްދައިދޭ ބޮޑު ނެޓްވޯކެއް..!
ޖަލަށް މަސްތުވާތަކެއްޗާއި ފޯނު ވެއްދުމުގައި ކަރެކްޝަންގެ އޮފިސަރުން އެހީވާތީ ހާއްސަ އޮޕަރޭޝަނެއް ފަށައިފި އެވެ.

ފުލުހުން މިހާރު ކުރިއަށް ގެންދާ ޕްރެސް ކޮންފަރެންސްގައި ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާން ވިދާޅުވީ، މާފުށީ ޖަލަށް މަސްތުވާތަކެއްޗާއި ފޯނު ވެއްދުމުގައި ކަރެކްޝަންސްގެ އޮފިސަރުންތަކެއް ބައިވެރިވާ ކަމަށް ތުހުމަތުކުރެވިގެން މިރޭ އެ ޖަލުގައި ހާއްސަ އޮޕަރޭޝަނެއް ފަށާފައިވާ ކަމަށެވެ. 

އެކެއްގެ އެކައުންޓަށް މިދިޔަ އަހަރު 24 މިލިއަން ރުފިޔާ ވަނީ ޖަމާކޮށްފަ އެވެ. އަދި 18 މީހުންގެ އެކައުންޓަށް ޖުމްލަ 73 މިލިއަން ހަ ލައްކަ ރުފިޔާ ޖަމާވެފައިވެ އެވެ. މި އޮފިސަރުންގެ ތެރެއިން ހަ އޮފިސަރަކު މި އަހަރު ވަނީ ވަޒީފާ އިން ވަކިވެފަ އެވެ.

މިނިސްޓަރު އިހުސާން ވިދާޅުވި ގޮތުގައި އެއިން ވަރަށް ގިނަ އޮފިސަރުންގެ އެކައުންޓުތަކަށް ފައިސާ ޖަމާކޮށްފައިވަނީ ކުދި އަދަދުތަކުންނެވެ. ބައެއް އޮފިސަރުންގެ އެކައުންޓުތަކަށް 5،000 ރުފިޔާއާއި 10،000 ރުފިޔާއާ ދެމެދުގެ އަދަދަކަށް ފައިސާ ޖަމާވެފައި ހުރިކަން ފާހަގަކުރެވިފައިވާ ކަމަށް އިހުސާން ވިދާޅުވި އެވެ. 

މިރޭ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެެސިސްޓެންޓް ކޮމިޝަނަރު އަބްދުﷲ ޝަރީފް ވިދާޅުވީ އެ މައްސަލަ ތަހުގީގުކުރުމުގެ އޮޕަރޭޝަން މިހާރު ފަށައިގެން ކުރިއަށްދާ ކަމަށެވެ. އެ މައްސަލާގައި މިހާރުވެސް ބައެއް މީހުން ހައްޔަރުކޮށްފައިވާ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު