ޚަބަރު
ޖަލުގައި މަރުވާ ކޮންމެ ގައިދީއެއްވެސް ދެން ޕޯސްޓްމޯޓަމް ހަދަނީ
ކުރިއަށް އޮތް ތަނުގައި، ޖަލުގައި މީހަކު މަރުވެއްޖެ ނަމަ އެމީހެއްގެ ހަށިގަނޑު އާއިލާއާ ހަވާލުކުރާނީ ޕޯސްޓްމޯޓަމް ހެދުމަށް ފަހު ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން މިއަދު ވިދާޅުވެއްޖެ އެވެ.

ޝަރީއަތް ނިމެންދެން މާފުށީ ޖަލުގައި ބަންދުކޮށްފައި ހުއްޓާ، ށ. ފުނަދޫ، މުހައްމަދު ޖަމީލު، 45 އިއްޔެ ނިޔާވި މައްސަލައާ ގުޅިގެން އޭނައަ އަށް އަނިޔާކުރިކަމުގެ ތުހުމަތުތަކެއް ކޮށްފައިވާތީ މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިނިސްޓަރު ވިދާޅުވީ މީގެ ފަހުން ޖަލުގައި އެއްވެސް މީހަކު މަރުވެއްޖެ ނަމަ، އެ މީހެއްގެ އާއިލާއާ ހަށިގަނޑު ހަވާލުކުރާނީ ޕޯސްޓްމޯޓަމް ހަދައި ރިޕޯޓުތައް ލިބުމުން ކަމަށެވެ. މުއައްސަސާތަކަށް ފުރިހަމައަށް ޖަވާބުދާރީވެވޭނެ ހާލަތުގައި ކަމަށެވެ.

"އާއިލާއާ ހަވާލުކުރާނީ ޕޯސްޓްމޯޓަމް ހަދައި ރިޕޯޓުތައް ލިބި މުއައްސަސާތަކަށް ފުރިހަމައަށް ޖަވާބުދާރީވެވޭ ފެންވަރަށް." މިނިސްޓަރު ވިދާޅުވި އެވެ. އޭނަ ވިދާޅުވީ ޖަމީލުގެ ހަށިގަނޑުގެ ޕޯސްޓްމޯޓަމް ހެދުމަށް ވެސް އާއިލާގައި އެދުނު ނަމަވެސް އެ މީހުން އެ ގޮތް އެކަން ބޭނުން ނުވީ ކަމަށެވެ.

"މީގެ ފަހުން ޖަލުގައި އެއްވެސް ހާލަތެއްގައި ނިޔާވާ އެއްވެސް ގައިދީއަކު އަޅުގަނޑުމެންގެ ބެލުމުގެ ދަށުން ދޫކުރާނީ ފުރިހަމަ ޕޯސްޓްމޯޓަމެއް ހެދުމަށް ފަހު. އާއިލާއާ ހިސާބަށް އަޅުގަނޑުމެން ހަށިގަނޑު ހަވާލުކުރާނީ ޕޯސްޓްމޯޓަމް ހަދައި އެކަމުގެ ރިޕޯޓުތައް ލިބި މުއައްސަސާތަކުން ފުރިހަމައަށް ޖަވާބުދާރިވެވޭ ވަރަށް ތައްޔާރުވެގެން," އިހުސާން ވިދާޅުވި އެވެ.

އޭގެ އިތުރުން ވެެސް ޖަލުގައި އަމަލުކުރަމުންދާ ބައެއް ގޮތްތަކަށް ބަދަލުތަކެއް ގެނައުމަށް ވެސް ވަނީ ނިންމާފަ އެވެ. އެއީ, ބައެއް ގައިދީން ނަމާދުގެ ސަޖިދައިގައި ގިނަ ވަގުތު ހޭދަކުރާތީ އެ މީހުންގެ ހަބަރު ބެލުމަށް ގެނައި ބަދަލެކެވެ. ޖަމީލު މަރުވީ ސަޖިދައިގައި އޮއްވައި ކަމަށް މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ބުނެފައިވެ އެވެ.

"ކަރެކްޝަނުން އެއް ގަޑިއިރު ތެރޭ ކޮންމެ ގައިދީއަކު ބަލާނަން. އެއީ އަޅުކަމުގެ ހަރަކާތުގައި ހުއްޓަސް ފުރާނަ ހުރިތޯ ބެލުމަށް," އިހުސާން ވިދާޅުވި އެވެ.

ޖަމީލުގެ ހަށިގަނޑުގައި އަނިޔާވެފައި ހުރި ކަމަށް ހުރި ނިޝާންތަކަކީ އެއްވެސް މީހެއްގެ ފަރާތުން ލިބިފައިވާ އަނިޔާއެއް ނޫންކަން މިހާތަނަށް ތަހުގީގަށް ލިބިފައިވާ މައުލޫމާތުތަކުން އެނގޭ ކަމަށް ފުލުހުން މިއަދު ބުންޏެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު