ޚަބަރު
ރައީސް މުއިއްޒު ލަންކާއަށް ވަޑައިގަންނަވަނީ
ރައީސް ޑރ. މުހައްމަދު މުއިއްޒު
ރައީސް ޑރ. މުހައްމަދު މުއިއްޒު އަންނަ އޯގަސްޓް މަހުގެ ފުރަތަމަ ހަފްތާގައި ރަސްމީ ދަތުރުފުޅެއްގައި ސްރީލަންކާއަށް ވަޑައިގަންނަވާ ގޮތަށް ހަމަޖެހިފައިވާ ކަމަށް އެ ގައުމުގެ ނޫސްތަކުން ރިޕޯޓުކޮށްފި އެވެ.

ރައީސް ލަންކާއަށް ވަޑައިގަންނަވާނީ އަންނަ މަހު އެވެ. ސީދާ ވަކި ދުވަހެއް ނޫސްތަކުގައި ރިޕޯޓްކޮށްފައެއް ނުވެ އެވެ.

ރައީސްގެ މިދަތުރުފުޅުގައި ލަންކާއާ އެކު މުހިއްމު އެއްބަސްވުންތަކެއްގައި ސޮއިކުރައްވާނެ ކަމަށްވެސް ލަންކާގެ ނޫސްތަކުގައިވެ އެވެ. 

ރައީސް މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތުމަށްފަހު އެންމެ ފުރަތަމަ ރަސްމީ ދަތުރުފުޅެއްގައި ވަޑައިގެންނެވީ ޗައިނާއަށެވެ. އެ ދަތުރުފުޅަށްފަހު ރައީސް ވަނީ ތުރުކީގެ އިތުރުން ޔޫއޭއީއަށް ވެސް ވަޑައިގެންފަ އެވެ.

އެންމެ ފަހުން ރައީސް މުއިއްޒު ރަސްމީ ދަތުރުފުޅެއްގައި ވަޑައިގެންނެވީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ހުވާކުރެއްވި ރަސްމިއްޔާތަށް އެ ގައުމަށެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު