ޚަބަރު
މަގުތައް ރައްކާތެރި ތަނަކަށް ހެދުމަށް ރައީސް އެދިވަޑައިގެންފި
މަގުތަކަކީ ރައްކާތެރި ތަނަކަށް ހެދުމަށް އެންމެން ގުޅިގެން އެއްބައިވަންތަ މަސައްކަތެއް ކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ގޮވާލައްވައިފި އެވެ.


ރައީސް މުއިއްޒު މިކަމަށް އެދިވަޑައިގަތީ "މާކަނާ ޝޯ" އުފެއްދި ޔާމީން ރަޝީދުގެ ސެލްމިން އެނިމޭޝަން ސްޓޫޑިއޯ އިން މަގުމަތީގެ ރައްކާތެރިކަމާ ގުޅޭ ގޮތުން ތައްޔާރުކުރި އެނިމޭޓެޑް ވީޑިއޯއަކާއެކު އެކްސްގައި ކުރެއްވި ޕޯސްޓެއްގަ އެވެ.

މަގުމަތީގައި ހިނގާ ނުރައްކާތެރި އެކްސިޑެންޓްތަކާ ގުޅޭ ގޮތުން ރައީސް ވިދާޅުވީ ފަރުވާ ކުޑަވެގެން ހެދޭ ގޯހެއް ރަނގަޅުކުރުމަށް ދެވަނަ ފުރުސަތެއް ނުލިބިދާނެ ކަމަށެވެ.

"ދިރިއުޅުމަކީ އަގުހުރި އެއްޗެއް، ރައްކާތެރިކަމާއެކު ދުއްވާ!،" ރައީސް ކުރެއްވި ޕޯސްޓްގައި ވިދާޅުވެފައިވެ އެވެ.

އެ އެނިމޭޝަން ވީޑިއޯއިން ފެނިގެން ދަނީ އާއިލާއެއްގެ ހުރި ހަމައެކަނި ދަރިފުޅު ދެކެ މައިންބަފައިން ވާ ލޯތްބާއި އެ ދަރިފުޅުގެ އުފަލަށް ޓަކައި މައިންބަފައިންވާ ޤުރުބާނީ އެވެ. އެހެންނަމަވެސް މައިންބަފައިން ވަމުންދާ ޤުރުބާނީއަށް އެންމެ ފަހަރަކު ވެސް ވިސްނާލުމެއް ނެތި ދަރިން އުޅެމުންދާ ގޮތެވެ. އެގޮތުން އެހެން އުޅަނދުތަކަށް ބެލުމެއްނެތި ބާރު ސްޕީޑުގައި ދަރިފުޅު ކާރު ދުއްވަނިކޮށް އޭނާގެ ކާރުން ޖެހި އެކްސިޑެންޓު ވަނީ އަމިއްލަ ބައްޕަ އެވެ. އަދި އެ އެކްސިޑެންޓުގައި ބައްޕަ މަރުވެ އެވެ.

ފަހަރެއްގައި އެ ގެއްލިގެންދާ ފުރާނައަކީ ތިމާގެ ފުރާނަ ފަދައިން ލޯބިވާ އާއިލާ މީހަކަށް ވެސް ވެދާނެއެވެ. ދުއްވާ އެއްޗެހި ދުއްވަން ވާނީ އެހެން މީހުންނަށާއި އެހެން އުޅަނދުތަކަށް ބަލައިގެން ރައްކާތެރިކަމާއެކީ ޓްރެފިކަށް ބަލައިގެންނެވެ. ރައީސް މުއިއްޒު ރައްޔިތުންނަށް ދެއްވި މެސެޖަކީ މިއީއެވެ.

 

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު