
މެޓް އޮފީހުން ވައިޓް އެލާޓް ނެރެފައިވަނީ ހއ. އަތޮޅުން އދ. އަތޮޅާއި ދެމެދުގައިވާ ސަރަހައްދަށެވެ.އެ ސަރަހައްދަށް އެލާޓް ނެރެފައިވަނީ މެންދުރު 12:00 އިން އިރުއޮށްސި 06:00 އާ ހަމައަށެވެ.މެޓް އޮފީހުން ބުނީ މި ސަރަހައްދުގެ ކަނޑުތައް އާދައިގެ ވަރަކަށް މަޑުވާނެ ކަމަށާއި ނަމަވެސް ވިލާގަނޑުގައި އާދައިގެ ވަރަކަށް ގަދަވާނެ ކަމަށެވެ. އެ ގޮތުން ރާޅުގެ އުސްމިނުގައި ދެ ފޫޓު ފަސް ފޫޓު ހުންނާނެ ކަމަށްވެސް އެ އޮފީހުން ވަނީ ލަފާ ކޮށްފައެވެ.ޖޫން، ޖުލައިއަކީ އާންމުކޮށް ރާއްޖެއަށް ވިއްސާރަ ދުވަސްވަރެކެވެ.