
އެ ރަށު ކައުންސިލުން ނެރުނު އިއުލާނުގައި ބުނީ ރަށުގެ އުތުރުފަރާތު ފަޅުތެރޭގައި ޕިކްނިކް އައިލޭންޑެއް ހަދަން ހިއްކަން ހަމަޖެހިފައި ވަނީ ދިގުމިނުގައި 250 ފޫޓް އަދި ފުޅާ މިނުގައި 150 ފޫޓު ހުންނަ ވަރުގެ ރަށެއް ކަމަށެވެ. އަދި މި ރަށަކީ ރަށުގެ ރައްޔިތުންނަށް އަދި ޓޫރިޒަމްގެ ބޭނުން ހިފޭ ގޮތަށް ތަރައްގީކުރަން ހަމަޖެހިފައިވާ ރަށެއް ކަމަށް ވެސް ބުންޏެވެ.އެ މަސައްކަތް ކުރަން ޝައުގުވެރިވާ ފަރާތްތަކުން 25 ޖުލައި، 2024 ވާ ބުރާސްފަތި ދުވަހުގެ 13:00 އަށް މާމިގިލި ކައުންސިލަށް ގޮސް އަންދާސީ ހިސާބު ހުށަހަޅަން އެ އިއުލާނުގައި އެދިފައި ވެއެވެ. އަންދާސީ ހިސާބު ހުށައެޅުމުގެ ފުރުސަތު އޮންނާނީ އިކޮނޮމިކް މިނިސްޓްރީގައި ވިޔަފާރި ރަޖިސްޓަރީކޮށްފައިވާ ފަރާތްތަކަށް އެކަނި ކަމަށް ވެސް އެ އިއުލާނުގައި ބުންޏެވެ.