
ފުލުހުން ބުނީ، މާމިގިލީގައި ފުލުހުންގެ މަރުކަޒު ބިނާކުރުމަށް ފުލުހުންނާއި ވިލާ ފައުންޑޭޝަނާ ދެމެދުގައި އެއްބަސްވުމުގައި ސޮއިކޮށް، އެ މަރުކަޒުގެ ބިންގާ އެޅުމުގެ ރަސްމިއްޔާތު އިއްޔެ ބާއްވާފައިވާ ކަމަށެވެ.ފުލުހުން ބުނީ މާމިގިލީގައި ހަދާ މި މަރުކަޒަކީ ގާސިމްގެ ހިލޭ އެހީގެ ދަށުން ބިނާކޮށްދެއްވާ ތަނެއް ކަމަށެވެ.އެ މަރުކަޒުގައި އޮފީސް އިމާރާތާއި ފުލުހުންގެ އެކަމޮޑޭޝަން އަދި މެސްރޫމް ވެސް ހުންނާނެ ކަމަށް ފުލުހުން ބުންޏެވެ.ފުލުހުން ބުނީ މި އިމާރާތް ނިންމައި ފުލުހުންނާ ހަވާލުކުރުމަށް ހަމަޖެހިފައި ވަނީ މިއަދުން ފެށިގެން އެއް އަހަރު ދުވަހުގެ ތެރޭގައި ކަމަށެވެ.