ޚަބަރު
ދައުލަތަށް ލިބެންޖެހޭ ފައިސާ ހޯދަން މަޝްވަރާތައް ފަށައިފި
ދައުލަތަށް ލިބެންޖެހޭ ފައިސާ ހޯދުމަށް ބަންޑާރަ ނައިބުގެ އޮފީހުން މުއައްސަސަތަކާއެކު މަޝްވަރާ ބައްދަލުވުންތަކެއް ފަށައިފި އެވެ.

އޭޖީ އޮފީހުން އެކްސްގައި ކުރި ޕޯސްޓެއްގައި ހިއްސާކުރި ފޮޓޯތަކުން ފެންނަ ގޮތުން މި މަޝްވަރާތަކުގައި ބަންޑާރަނައިބު އަހުމަދު އުޝާމު އަދި އޮޑިޓާ ޖެނެރަލް ހުސެއިން ނިޔާޒީ، އަދި އޭސީސީގެ ރައީސް އާދަމް ޝާމިލް ބައިވެރިވި އެވެ.

އޭޖީ އޮފީހުން ވަކިވަކިން ބޭއްވި މި ދެ މަޝްވަރާ ބައްދަލުވުމުގައި ތިން އޮފީހުގެ އިސް އޮފިޝަލުންވެސް ބައިވެރިވެ ވަޑައިގެންނެވި އެވެ.

ދައުލަތަށް ގެއްލިފައިވާ ފައިސާގެ ތެރެއިން 1.5 ބިލިއަން ރުފިޔާ ހޯދަން ދައުލަތުގެ އެކި އިދާރާތަކަށް މިހާތަނަށް އަންގާފައިވާ ކަމަށް އޭސީސީން ދާދިފަހުން ވަނީ ބުނެފަ އެވެ. ނަމަވެސް ދައުލަތަށް ހޯދަން އެދުނު ފައިސާގެ ތެރެއިން ހޯދުނީ އެންމެ 100 މިލިއަނެއްހާ ރުފިޔާ ކަމަށް އޭސީސީން ބުނެ އެވެ.

އޭސީސީން ވަނީ ފައިސާ ހޯދަން އަންގާ އިދާރާތަކުން ކަންކުރާ ގޮތް މޮނިޓާ ކުރުމަށް ތައްޔާރުވަމުންދާ ކަމަށްވެސް ބުނެފަ އެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު