ޚަބަރު
މަންޑޭގެ ޝަރީއަތް ފަށައިފި
ހަސަން މަމްދޫހު - ހައިކޯޓުގެ އަޑުއެހުމުގައި-
ކޭޕާކް މައްސަލައިގައި ހިމެނޭ ހަމްބޯ ކުންފުނީގެ މައިނޯރިޓީ ހިއްސާދާރު ވިޔަފާރިވެރިޔާ ހަސަން މަމްދޫހު (މަންޑޭ)ގެ މައްޗަށް އުފުލާފައިވާ ދައުވާގެ ޝަރިއަތް ފަށައިފިއެވެ.

ކޭޕާކް އެޕާޓްމެންޓްތައް ވިއްކުމުގައި ހިޔާނާތްތެރިވި މައްސަލައިގައި މަންޑޭގެ މައްޗަށް ހަތަރު ތުހުމަތެއް ކޮށް، 104 ދައުވާ ވަނީ އުފުލާފަ އެވެ. އޭނާގެ މައްޗަށް އުފުލާފައި ވަނީ ސައްހަ ނޫން ލިޔުމެއް ދިނުމުގެ ކުށުގެ ދައުވާތަކަކާއި، އޮޅުވާލުމުގެ ކުށުގެ ދައުވާތަކަކާއި، ޓެކުމުގެ ދައުވާތަކެއްގެ އިތުރުން މަނީލޯންޑަރިންގެ ކުށުގެ ދައުވާތަކެކެވެ.

މި މައްސަލައިގައި މަންޑޭގެ އިތުރުން އޭނާގެ ޕާޓްނަރެއް ކަމަށްވާ ތ. އަލިފުށި ކިނާރާގެ، ޖައިޝާން ސައީދަށް 98 ދައުވާ ވަނީ ކޮށްފަ އެވެ. 

މި މައްސަލައިގެ ޝަރީއަތް މިއަދު ކްރިމިނަލް ކޯޓުގައި ވަނީ ފަށާފައެވެ. އެގޮތުން މިއަދުގެ އަޑުއެހުމުގައިވަނީ މަންޑޭއަށް އަދި ސައީދަށް ވަކީލަކު ހަަމަޖައްސަން 10 ދުވަހުގެ މުއްދަތެއް ދީފައެވެ. އަދި މައްސަލައިގެ އިތުރު އަޑުއެހުމެއް 10 ދުވަހުގެ ފަހުން ބާއްވާނެ ކަމަށް މައްސަލަ ބައްލަވާ ގާޒީ ވިދާޅުވިއެވެ.


ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު